ރަށުގެ އާބާދީ 10،000 އަށް ހަމަވުމުން ފޭދޫ ސިޓީއަކަށް ހަދާނެ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެފައިވެއްޖެއެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ މި މަހު 25 ގައި ނެގުމަށް ހަމަޖެހިފައިވާ ވޯޓާ ގުޅިގެން ރާއްޖެޓީވީގައި ބޭއްވި ބަހުސްގައި ވާހަކަދައްކަވަމުން އައިބީ ވިދާޅުވީ، ފޭދޫގައި ރަށު ކައުންސިލެއް އުފެދިއްޖެ ނަމަ 39 މިލިއަން ރުފިޔާގެ އާމްދަނީއެއް އުފެދޭނެ ކަމަށެވެ. އެހެންކަމުން “މޭޔަރަކަށް” ސަލާންޖަހަން ނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އައިބީ ވިދާޅުވީ ހިތަދޫން ލިބޭ އާމްދަނީން އެހެން އަވަށްތައް ތަރައްގީކުރާ އުސޫލު ބަދަލުކުރަންޖެހޭ ކަމަށާއި، އައްޑޫ ތަރައްގީ ނުވަނީ އިދާރީ އޮނިގަނޑުގެ މައްސަލަތަކުގެ ސަބަބުން ކަމަށެވެ. އައްޑޫގައި އޮންނަން ޖެހޭނީ މޭޔަރުގެ ބަދަލުގައި ރައްޔިތުންގެ ވިޝަނެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހިތަދޫ ކުރިއަށްދާނީ ސިޓީއެއްގެ ގޮތުގައި ކަމަށާއި، ގާނޫނުގައި ބުނާ އަދަދަށް ފޭދޫގެ އާބާދީ ހަމަވުމުން އެރަށް ވެސް ސިޓީއަކަށް ހަދާނެ ކަމަށް އައިބީ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު