ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެ

Mal

އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވުމުގެ ސަބަބުން މިއަދު ހިޔާ ފްލެޓެއްގައި ރޯވެ، ގެއްލުންތަކެއް ލިބިއްޖެއެވެ.

ހިޔާ ފުލެޓެއްގައި ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މަންޒަރު ދުށް މީހުން ބުނީ ފްލެޓްގެ ބެލްކަނިން ހުޅުގަނޑު ފެނުނު ކަމަށެވެ. އަދި އެއްޗެއް ގޮވާ އަޑު އިވުނު ކަމަށް ވެސް މަންޒަރު ދުށް މީހުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހިޔާގެ 11 ވަނަ ޓަވަރުގެ ތިން ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ 11:25 ހާ އިރު ކަމަށާއި އެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އެ ސަރަހައްދަށް ދިޔަ ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ، އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވެގެން ކަމަށެވެ.

އަލިފާންގަނޑު މިހާރު ވަނީ ނިއްވާލާފައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް ގެއްލުންތައް ވަނީ ލިބިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

66

އައްޑޫ ސިޓީގެ ފޭދޫ ކައިރީގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ރޯވެއްޖެ

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ