ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެންޝަން އޮފީހުގެ ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

900

ޕެންޝަން އޮފީހުގެ ބޯޑު މެންބަރު ކަމުން އަހުމަދު ސަރުވަޝް އާދަމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ސަރުވަޝް އަކީ ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމުސީލުކުރާ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސަރުވަޝް ވިދާޅުވީ އެމްއެމްއޭއާ އެކު ބޮންޑު ވިއްކުމުގެ މުއާމަލާތް ކުރިއަށް ގެންދަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރުމުގެ ގޮތުން އެ ބޯޑުގެ މެންބަރުކަމުން މިއަދު އިސްތިއުފާދީފައިވާ ކަމަށެވެ.

ފެބްރުއަރީ 2024 ގައި ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުން ވެސް އިސްތިއުފާދެއްވާފައެވެ. މިނިސްޓްރީގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ސަރުވަޝް ހުންނެވީ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ އިތުރުން ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގައެވެ. އޭނާ ވަނީ މީގެ ކުރިން މީރާގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޕެންޝަން އޮފީހުގެ ބަސް: 2.4 ބިލިޔަން ރުފިޔާގެ ބޮންޑު އިންވެސްޓްކުރުމުން އެއްވެސް ގެއްލުން ނުވާނެ

civil service office

ބޮޑެތި ބަލިތަކަށް ޕެންޝަން ފައިސާ ނެގޭގޮތަށް ޤާނޫނު ބަދަލުކުރަން މަޖިލީހަށް ހުށަހަޅައިފި

Mm

ޕެންޝަން ފައިސާ އިތުރު ކަންކަމަށް ބޭނުންކުރެވޭ ގޮތް ހަދަނީ

Dd

ޕެންޝަން އޮފީހުގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވައިފި