ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ޝައިޚް ނަސްރުﷲގެ އިސްތިއުނާފު މައްސަލަ އަނބުރާ ގެންގޮސްފި

Mal

އައްޝައިޚް ނަސްރުﷲ މުސްތަފާގެ މައްޗަށް ސާބިތުނުވި ދައުވާތަކުގެ އިސްތިއުނާފު މައްސަލަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އަނބުރާ ގެންގޮސްފިއެވެ.

ނަސްރުﷲގެ މައްޗަށް ދައުލަތުން އުފުލި އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި އަނބިދަރިންނަށް އަޅާނުލުމުގެ ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަލަ އަނބުރާ ގެންދަން ބޭނުންވާކަން ބަޔާންކޮށް ޕީޖީ އޮފީހުން ހައިކޯޓަށް ސިޓީއެއް ފޮނުވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ.

މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ސަބަބުތައް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެއީ ހާދިސާ ހިނގި ފަހުން ނުވަ އަހަރު ވެފައި ވުމާއި ހައި ކޯޓުން ހައްލެއް ބޭނުންވާ ހާއްސަ ގާނޫނީ ބަހުސެއް ނެތުމާއި އަނިޔާ ލިބުނު މީހާ ވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައުލޫމާތު ދީފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު
TTH_advertisement