ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

Mal

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފިއެވެ.

ރާޢްޖޭގެ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބެ ފުލުހުން ޚިިދުމަތް ދޭން ފެށުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިވައުދު ފުއްދިފައިވާކަން ރައީސް މުއިއްޒު އިއުލާންކުރެއްވީ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ފުލުހުންގެ ޚިދުމަތް އެއްވެސް ވަރަކަށް ނެތް 66 ރަށް އޮތްކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތަށް ބޭނުން ޖެހޭ ހާލަތްތައްކަުގައި އެރަައްތަކަށް ފުލުހުންގެ ޓީމްތައް ފޯނުވަންޖެހީ ކައިރި ރަށްރަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“މިއަދު ހަވީރު 5:15 އިން ފެށިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޤާއިމްވެ ތިބޭ ފުލުހުންގެ ޚިދުމަތް ވަނީ ޤާއިމްކޮށް ނިންްމާފައި.5:15 ގައި ރ. އަތޮޅު ރަސްގެތީމްގައި ފުލުހުންގެ ޚިދުމަތް ޤާއިމް މިކުރީ. ހުރިހާ ރަށެއްގައި މި ޚިދުމަތް ޤާއިމް މިކުރީ ރިޔާސީ ބަޔާނުގައި މިއަހަރުގެ ފެބްރުއާރީމަހުގައި އަޅުގަނޑު އިޢުލާން ކުރީ މިއަހަރު ނިންމެންވާއިރަށް އެކަން ކުރާނެކަމަށް. އޭގެ ގާގްގަޑަކަށް 2 މަސް ކުރިން އެކަން ކޮށް މި ނިންމީ.” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރު ހަވާލުވިއިރު ފުލުހުންގެ އަމިއްލަ އަިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 ރަށުގައިކަމަށެވެ. ދެން ހުރި ރަށްތަކުގައި ޚިދުމަތް ފޯރުކޮށްދެމުން ދަނީ ކައުންސިލުން ފޯރުކޯށްދޭ އިމާރާތްތައް ނުވަތަ ކުއްޔައް އިމާރާތްތައް ނަގައިގެންކަމަށެވެ. އޭގެ ސަބަބުން ޚިދުމަތް ދިނުމަށް އެތަކެއް ދަތިތަކެއް ދިމޭވެ ރައްޔިތުންނަށް އެތަކެއް ނިކަމެތިކަމެއް ލިބޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެކަމަށް ހައްލެއް ގެނައުމަށް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން 63 ރަަށެއްގައި އެކަމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުފައިވާކަމަށާއި ޖުމުލަ 99 ރަށުގައި ފުލުހުންގެ އަމިއްލަ އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement