ކުއްލި ޚަބަރު

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމްކޮށްފި

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3000 ރުފިޔާއަށް ބޮޑުކުރިކަން ރައީސް އިއުލާން ކުރައްވައިފި

Mal

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، މިހާރު ދޭ އެލެވެންސް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ރޭޓުން އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިއުލާންކުރައްވައިފިއެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު ބޮޑު ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ގަމުގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ އެ ވައުދު ފުއްދަން އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ހިމަނާނެ ކަމަށެވެ. އެގޮތުގެ މަތިން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންގެ ކޮންމެ ދަރިއަކަށް 3،000ރ. ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަނިވެރި މައިން ނުވަތަ ބަފައިންނަށް އެއް ކުއްޖަކު ހުރިނަމަ މިހާރު ލިބެނީ 2،000ރ. އެލަވަންސެކެވެ. އަދި އެއް ކުއްޖަކަށް ވުރެ އިތުރުނަމަ ދެނީ ކުއްޖަކަށް 1،000ރ. ގެ ރޭޓުންނެވެ.

އަންނަ އަހަރުގެ ބަޖެޓްގައި އެކަމަށް 211 މިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ އެލެވެންސް ލިބެންޖެހޭ 5،878 މީހުން މިހާރު އެބަތިއްބެވެ.

މީގެއިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އެލެވެންސްއެއް އަންނަ ޖެނުއަރީ މަހުން ފެށިގެން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ އެލެވެންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނަން ވަނީ ނިންމާފައެވެ.

ތެލެސީމިއާ ކުދިންގެ ގޮތުގައި 982 ކުދިން ރަޖިސްޓްރީކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގަސްގަނޑު ފިނޮޅުގައި ޓޫރިސްޓު ރިސޯޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް ފަށައިފި

ތެލަސީމިއާ އެލަވަންސްގެ ގޮތުގައި 1000 ރުފިޔާގެ އެލަވަންސެއް ދޭން ފަށާނެ: ރައީސް

ގަމުގައި އިތުރު 100 ހައުސިން ޔުނިޓު ހަދަން މިއަހަރު ހަވާލުކުރަނީ

laamu gamu

ގަމަށް ބަދަލުވި 169 މީހުންނަށް، ކޮންމެ މީހަކަށް 50،000 ރުފިޔާ ޖަމާކޮށްދެނީ

TTH_advertisement