ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ބައެއް މަގުތައް ބަންދުކުރަނީ

990

ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ތާރު އަޅަން ފަށާތީ، އޮކްޓޫބަރު 25 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ޓްރެފިކަށް ބަންދުކުރަން ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރަމުންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިވަނީ އޮގަސްޓް 22 ވަނަ ދުވަހުއެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހެދުމާއެކު، 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރެވޭނެއެވެ.

ތާރު އެޅުމާއި ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތްތަކާއެކު، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއްވެސް ގާއިމުކުރަން ވަނީ ނިންމާފައެވެ.

ފުލުހުން އާންމުކުރި ޗާޓުގައިވާ ގޮތުން، ބަންދުކުރެވޭ ސަރަހައްދުތަކުގެ ތެރޭގައި ބޮޑުތަކުރުފާނު މަގުގެ ތާރު އަޅާ ސަރަހައްދާއި، ޖުމްހޫރީ ހިނގުމުގެ ބައެއް، ޗާންދަނީ މަގުގެ ބައެއް، އިބްރާހިމް ހަސަން ދީދީ މަގުގެ ބައެއް، އަދި މުހައްމަދު އިސްމާއީލް ދީދީ ގޯޅި އާއި ކަނޑިދޮން މަނިކު ގޯޅި ހިމެނެއެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ކުރެވޭނެއެވެ.

މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއެކު، ރޯޑް މާކިންގ އަދި ސައިން ބޯޑުތައްވެސް ހަރުކުރެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ