ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިނގިރޭޓު މައްސަލާގައި ހައްޔަރުކުރި މުޢާޒްގެ ބަންދަށް އިތުރު 10 ދުވަސް

STO_Ads
TTH_Ads
Maldivian_Ads
Advertisement

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުޢާޒް ޢަލީގެ ބަންދަށް 10 ދުވަސް އިތުރުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލާގެ ތުހުމަތުގައި މުޢާޒް ހައްޔަރުކުރީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ 5 ދުވަހަށް ބަންދުކުރަން ކޯޓުން ޙުކުމްކުރީ ޖެހިގެން އައި 15 ވަނަ ދުވަހުއެވެ.

މުޢާޒް ބަންދުކުރަން އަމުރުކުރި މުއްދަތު މިއަދަށް ހަމަވާއިރު، އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ޙާޟިރުކުރުމުން އިތުރު 10 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

HajjCop_ads
Advertisement

މުޢާޒް ޢަލީއަކީ މޯލްޑިވްސް އިންޑަސްޓްރިއަލް އެންޑް ފިޝަރީޒް ކޮންޕެނީ، މިފްކޯގެ ޖެނެރަލް މެނޭޖަރުކަމުގެ މަޤާމު އަދާކުރަމުންދިޔަ މީހެކެވެ. މި މައްސަލަ ފެންމަތިވުމާ ގުޅިގެން މިފްކޯއިން ވަނީ އޭނާ 30 ދުވަހަށް ސަސްޕެންޑްކޮށްފައެވެ.

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ މުއާޒަކީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މީހެކެވެ. އެ މަޤާމުގައި ހުރި ދުވަސްވަރު ހިނގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގައި އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވަނީ މިމަހުގެ 12 ވަނަ ދުވަހު އޭނާގެ މައްސަލަ ޕީޖީއަށްވެސް ފޮނުވާފައެވެ.

ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުހުމަތުކުރެވިގެން މުޢާޒްގެ އިތުރުން ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދާއި ކަސްޓަމްސް ސުޕްރިޓެންޑެންޓް ޒިވާރު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި