ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޯތު ޕޮލިހުގައި ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި

STO_Ads
TTH_Ads

ނޯތު ޕޮލިސް ނ. އަތޮޅާއި، ރ. އަތޮޅާއި، ބ. އަތޮޅު އަދި ޅ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނަށް ފަސްޓްލައިން މެނޭޖްމަންޓް ކޯސް ފަށައިފި އެވެ.

ފުލުހުން ބުނީ މި ކޯހަކީ ނޯތު ޕޮލިހާއި ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ގުޅިގެން ކުރިއަށް ގެންދާ ކޯހެއް ކަމަށެވެ. އަދި މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 19 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތައް ކަމަށް ފުލުހުން ބުންޏެވެ.

މި ކޯސް ފެށުމަށް ރ. އުނގޫފާރު އިސްލާމީ މަރުކަޒު ހޯލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހެޑް އޮފް ޕަބްލިކް ޓްރަސްޓް އެންޑް ކޮންފިޑެންސް މެނޭޖްމަންޓް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާތިމަތު ނަޝްވާ އެވެ.

Maldivian_Ads

މި ރަސްމިއްޔާތުގައި، ނޯތު ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް ނަބީލްއާއި، ހެޑް އޮފް ސެންޓަރ ފޯ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްޓަޑީސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަމީން އަބްދުލްގައްޔޫމް އާއި، ހެޑް އޮފް މާލެ ކެމްޕަސް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަބާހްގެ އިތުރުން ނޯތު ޕޮލިހުގެ އަތޮޅު ކޮމާންޑަރުންނާއި، ސްޓޭޝަންތަކުގެ ސީނިއާ ފުލުހުން ބައިވެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ކޯހުގައި ނޯތު ޕޮލިހުގެ ހަތަރު އަތޮޅުން ސާޖަންޓް އަދި ސީނިއާ ސާޖަންޓް ރޭންކުގެ 17 ފިރިހެން ފުލުހުންނާއި އަންހެން ފުލުހަކު ބައިވެރިވެފައިވާ ކަމަށެވެ.

މި ކޯހުގައި، ޕާސަނަލް ލީޑަޝިޕް އެންޑް އެތިކަލް ސްޓެންޑާޑްސް، ސުޕަވައިޒަރީ ސްކިލްސް އެންޑް ޕީޕަލް މެނޭޖްމަންޓް، އޮޕަރޭޝަނަލް ލީޑާޝިޕް، ލީގަލް އެވެއާނަސް ފޯ ފްރޮންޓްލައިން އޮފިސާސް، ކޮމިއުނިޓީ ޕޮލިސިންގް އެންޑް ޕަބްލިކް އެންގޭޖްމަންޓް އަދި ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް ފަދަ މޮޑިއުލްތައް ކިޔަވައިދޭނެ ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން ފުލުހުން ބުނީ މި ކޯހަކީ މުޅި ރާއްޖެ ހިމެނޭހެން ޑީސެންޓްރަލައިޒްކޮށް ހިންގުމަށް ފަރުމާ ކުރެވިފައިވާ ކޯހަކަށް ވާއިރު، މި ކޯހުގެ ސަބަބުން، ފުލުހުންނަކީ އެއް ރޭންކުން އަނެއް ރޭންކަށް ކުރިއަރައިގެން ދާއިރު އާއި، މަގާމުތައް ހަވާލު ކުރެވޭއިރު، ސީނިއާ މަގާމުތަކުގައި ތިބެ ހިދުމަތް ދިނުމަށް ބޭނުންވާ އިލްމާއި، ވިސްނުމާއި ހުނަރު ލައިދީ، ރައްޔިތުންނަށް ފޯރުކޮށްދެވޭ ހިދުމަތް ހަރުދަނާކުރުމާ އަދި އެކަންކަން ސުޕަވައިޒް ކުރުމަށް ގާބިލު ބަޔަކު އުފެއްދުން ފަރުމާކޮށްފައިވާ ކޯހެއް ކަމަށެވެ.

މި ކޯސް މީގެ ކުރިން ސައުތު ޕޮލިހުގައި ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

MWSC_Ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1 3c1b7fefbc

ފައިނޭންޝަލް ކުށްތައް ދެނެގަނެ ތަހުގީގު ކުރުމުގައި ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ދަނާލުގައި ނިޔާވި މީހާ ފުލުހުންނަށް ގުޅިކަމަށްބުނެ ފެތުރެމުންދަނީ ހަގީގަތާ ޚިލާފު ވާހަކަަތަކެއް: އިޙްސާން

Police vcle

ސައިކަލެއްގައި ރޯކޮށްލި މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފި

988

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފޮޓޯއާއި ވީޑިއޯ ވިއްކިކަމަށް ތުހުމަތުވާ މީހާގެ ބަންދަށް އިތުރު 12 ދުވަސް