ކުއްލި ޚަބަރު

ރައީސް މުޢިއްޒާއި ފީފާގެ ރައީސް މާދަމާ ހަވީރު ފުޓްބޯޅަ މެޗެއް ކުޅެނީ

ފަސް މިލިއަން ގަސް ޕްރޮގްރާމް: 16 މަސް ތެރޭ ސްޓެލްކޯ އިން 70،000އަށްވުރެ ގިނަ ގަސް އިންދައިފި

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ޓެލް އޭޝިއާ އެގްޒިބިޝަންގައި ހުރި އެސްޓީއޯގެ ސްޓޯލަށް ގޮސްގެން އިނާމު ހޯދުމުގެ ފުރުސަތު

Dd

މިހާރު ކުރިއަށްދާ ޓެލް އޭޝިއާ އެގްޒިބިޝަންގައި ގާއިމްކޮށްފައިވާ އެސްޓީއޯގެ ސްޓޯލަށް ޒިޔާރަތްކޮށްގެން ޚާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެއެވެ.

އެސްޓީއޯގެ ސްޓޯލްއިން ފެންނަނީ އެ ކުންފުނިން އިމްޕޯޓުކުރާ އަދި މާކެޓުކުރާ އެންމެ މަޤްބޫލު ބްރޭންޑުތަކެވެ. އަދި އަލަށް ތައާރަފްކުރާ ހަތަރު ބްރޭންޑެއް ވެސް އެ ސްޓޯލުން ފެންނާނެއެވެ.

އަލަށް ތައާރަފްކުރާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނެނީ ކެމްޕާ ޖޫސް، އޮލިންޕަސް ޗީޒް އެންޑް ޔޯގަޓް، ޗިއޯސް ގާޑަންގެ ޖޫސް އަދި މެކޯއީގެ ޓީ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މީގެ އިތުރުން، އެސްޓީއޯއާއި ކޮފީސްޓޭޓް ގުޅިގެން ކުރިއަށްގެންދާ ކޮލަބޮރޭޝަނެއްގެ ދަށުން އެސްޓީއޯ ޑެވަންޑޮލް ފުލް ކްރީމް މިލްކް އަދި ޗިއޯސް ގާޑަންގެ ޖޫސް ބޭނުންކޮށްގެން ތައްޔާރު ކުރާ އެކިއެކި ބުއިންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް އެ ސްޓޯލުން ލިބޭނެއެވެ.

އެ ސްޓޯލްއަށް އަންނަ ފަރާތްތަކުން ހިލޭ އެ ބުއިންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. އެ ސްޓޯލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި “ވިޒިޓް އެންޑް ވިން” ނަމުގައި ލަކީ ޑްރޯއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ނަސީބުވެރި ފަރާތްތައް އިއުލާނު ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Whatsapp image 2025 10 15 at 13.37.11

އެސްޓީއޯއިން އަސާސީ ކަބޯތަކެތީގެ ގޮތުގައި ކަނޑައަޅާފައިވާ 23 ބާވަތް ވިއްކަން ފަށައިފި

55

އަސާސީ ކާބޯތަކެތި ބާޒާރަށް ނެރުމަށް އެސްޓީއޯ އިން ތައްޔާރުވާން ފަށައިފި

112

ނިލަންދޫގައި ފިއުލް ސްޓޯރޭޖެއް ގާއިމުކުރުމަށް ހަވާލުކޮށްފި

ބާޒާރުގައި އޮރެންޖުގެ އަގުތައް ދަށަށްދާން ފަށައިފި

TTH_advertisement