ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާވަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަވާލައްވައިފި

ލ. މާވަށު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތް ރައީސް ބައްލަލެއްވީ، ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހެނދުނު މާވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ސައިޓަށް ރައީސް ވަޑައިގެންނެވުމުން، މި މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭ މަޢުލޫމާތު އެމްޓީސީސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާ ވަނީ ހިއްސާކުރައްވާފައެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ..ސީ.ސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ.

މި މަޝްރޫޢުގެ ދަށުން ފުރަތަމަ ހިއްކަން ނިންމީ 15 ހެކްޓަރުގެ ބިމެވެ. ނަމަވެސް ޕްރޮޖެކްޓް ސްކޯޕަށް ގެނެވުނު ބަދަލުތަކާއެކު އިތުރު 15 ހެކްޓަރުގެ ބިން ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭއިރު ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކިގެންދާނެއެވެ.

މާވަށު ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބިން ހިއްކުމުގެ މަޝްރޫޢު އަވަސް ދުވެލީގައި ފުރިހަމަށްކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުން ބޭނުންވާގޮތަށް ލޭންޑް ޔޫސް ޕްލޭންގެ ތެރެއިން އެ ބިމުގައި ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއްވެސް ހިންގަވައިދެއްވާނެކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި