ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފި

ރާއްޖޭގެ މޫސުން މިއަދުވެސް ގޯސްވާނެ ކަމަށާއި ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބަރ ގްރޫޕަށް ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މެޓުން އިތުރަށް ބުނެފައިވަނީ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރު ކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މީގެއިތުރުން ހުޅަނގާއި ހުޅަނގު އުތުރުން، އުުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ލަފާކުރެއެވެ.

ރާއްޖެގެ ކަނޑުތައް ގަދަވެފައި އާންމު ގޮތެއްގައި ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް