ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ސްކޭމް މެސެޖުތަކެއް ފޮނުވަނީ

Dd

ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިކަމަށް ބުނެ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލިންކެއް ބޭނުންކޮށްގެން ސްކޭމް ކުރާ ފަރާތްތަކުން ދަނީ މީހުންގެ ޒާތީ މައުލޫމާތާއި ޕާސްވޯޑްތައް ވަގަށް ނަގަމުން ކަމަށެވެ. މި މެސެޖުތަކުގައި ބުނެފައިވަނީ ގެދޮރުވެރިޔާ ސްކީމަށް ކުރިން ލާފައިވާ ފޯމްތައް ބާތިލުކޮށް އަލުން ފޯމްލުމުގެ ފުރުސަތު އެޗްޑީސީން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

ފުލުހުން ވަނީ މި މެސެޖްތަކުގައިވާ ލިންކްތަކަށް ނުފިތުމަށާއި، އެކަން އެހެން ފަރާތްތަކަށް އަންގައިދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެޗްޑީސީގެ ފަރާތުން ފޮނުވާފައިވާ މެސެޖެއްނަމަ، ކުންފުންޏަށް ގުޅައި ވެރިފައިކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

އެންޓި-ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި އެ ސެންޓަރަށް ރިޕޯޓުކުރި 1059 މައްސަލައިގެ ތެރޭގައި 491 އީ-ކޮމާސް ސްކޭމްގެ މައްސަލަ ހިމެނެއެވެ. މީގެ އިތުރުން ބޭރު ފައިސާ މާރުކުރުމުގެ 250 މައްސަލައާއި، އިމްޕާސަނޭޝަންގެ 130 މައްސަލައާއި، އިންވެސްޓްމަންޓް ސްކޭމްގެ 32 މައްސަލަ ހިމެނެއެވެ.

އެންޓި-ސްކޭމް ސެންޓަރުން ވަނީ “ސްކޭމް އައްޑަނަ” ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް މުޅި ރާއްޖޭގައި ލޯންޗުކޮށް، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 ޕަސެންޓް މީހުންނަށް މިފަދަ ސްކޭމްތަކާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

009

ސްކޭމްގެ މައްސަލައިގައި ހޯދަން އިއުލާންކުރި އަންހެން މީހާ ހައްޔަރުކޮށްފި

Qw

ސްކޭމްގެ މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

990

ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގާ އިސް މީހަކު ހައްޔަރުކޮށްފި

8w

މީހެއްގެ އެކައުންޓުން ފައިސާ ނެގި މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި