ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ގައި ބައިވެރިވާ ރާއްޖޭގެ ޓީމަށް ކޯޗަކު ހޯދަން މޯލްޑިވްސް ޗެސް އެސޯސިއޭޝަނުން އިއުލާނުކޮށްފިއެވެ.
ޗެސް އެސޯސިއޭޝަނުން ވަނީ, ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެ ތަމްސީލުކުރާ ޓީމަށް ކޯޗަކު ބޭނުންވާތީ، އެ މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.
މަޤާމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން ޗެސް އެސޯސިއޭޝަނަށް އެކަން މެއިލް މެދުވެރިކޮށް އެންގުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މި މެއިލްއާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ އައީޑީކާޑުގެ ކޮޕީއަކާއި ކޯޗިންގ ސެޓްފިކެޓް ހުށަހަޅަން އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
މެލޭޝިއާގެ ކުއަލާ ލަމްޕޫރުގައި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން 17 ވަނަ ދުވަހާ ހަމައަށް އޮންނަ ކޮމަންވެލްތު ޗެސް ޗެމްޕިއަންޝިޕުގައި ރާއްޖެ ބައިވެރިވެފައިވާއިރު މިހާރު އަންނަނީ ޓީމަށް ކުޅުންތެރިމް ހޮވުމުގެ ސެލެކްޝަން ކުރިއަށް ދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު