ކުއްލި ޚަބަރު

ޑޮލަރު ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

“ބޯހިޔާވަހިކަން އެންމެނަށް” ކުރިމަތިލުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަނީ

ކުއްލި: ހުރިހާ މުއާމަލާތެއް މެދުކަނޑާލައިފި، އެމެރިކާއިން އީރާނަށް ހަމަލާދޭން އުޅޭކަމުގެ ރިޕޯޓްތައް ފެތުރެނީ

އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ނެތް: ރައީސް

ބޭރުގެ އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން އަންނަ އަހަރު ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކުމުގައި އެއްވެސް ދައްޗެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ށ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފުނަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުނަދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގާ ކޮޅަށް ޖެހުމަށް ކުރަމުންދާ މަސައްކަތުގައި ކާމިޔާބީތައް ހާސިލްވަމުންދާކަމަށެވެ. އަދި އެ ކާމިޔާބީތަކާއެކު ދަރަނި ދެއްކުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“ރާއްޖޭގެ އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށްވެސް އިރާދަކުރެއްވިއްޔާ މިދަނީ ކާމިޔާބީތައް ހޯދަމުން. އެއްގޮތަަކަށްވެސް އަޅުގަނޑުމެންގެ ތެރޭގައި މިހާރު ކަންބޮޑުވުންއޮތްކަމެއް ނޫން މިއަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދެއްކުމުގެ ކަންތައްތައް ކުރިއަށްގެންދިއުމުގައި. އެއްވެސް ކަމެއްގަ އެއްވެސް ދައްޗެއް ނެތް. އަޅުގަނޑުމެންގެ ޕްލޭނާއި އެއްގޮތަށް ހުރިހާ ކަމެއްވެސް ތަރުތީބުވެފައި ހުރީ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުގެ ދަރަނީގެ އިތުރުން. ނިމިދިޔަ ސަރުކާރުގެ ދިވެހި އެކި ކުންފުނިތައް މެދުވެރިކޮށް ކުރުވާފައި ފައިސާނުދީ ހުރި ބިލުތަކަށް ދައްކަންޖެހޭ ފައިސާވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ދައްކާ ނިންމާލައްވާނެކަމަށެވެ.

“ކުރިއަށްއޮތް ހަފްތާތެރޭގައި މިދިޔަ ސަރުކާރުން އެތައް ހާސް ރައްޔިތުންނަށް ދަރާފަ ހުރި ބިލުތަކާއި އެއްކޮށް، މިދިޔަ 30 ދުވަސްތަކުގެ ތެރޭގައި އައި ބިލުތަށް ފިޔަވައި، ޑިއު ޕްރޮސެސްގެ ތެރެއިން އައިސްފަ ހުރި ހުރިހާ ބިލަކަށް ފައިސާ ދިނުންވެސް އަޅުގަނޑުމެން ނިންމާނަން.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އިޤްތިޞާދަށް އަންނަ ކުރިއެރުންތަކާއެކު ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދެވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

40 މީޑިޔާއަކަށް 27.29 މިލިއަން ރުފިޔާ ދޫކޮށްފި

ދީނާ ހިލާފު ކަންކަމަށް ހިތްވަރުދޭ ފިކުރުތަކަށް ފުރުސަތު ދީގެން ނުވާނެ: ރައީސް

ރަށްރަށާ 1 ކިލޯމީޓަރު ކައިރީގައި ސަފާރީ އެޅުން މަނާކޮށް، ލޯކަލް ޓޫރިޒަމްގެ ގަވާއިދު ހަރުދަނާކުރަނީ

ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލްތަކުގެ އެއްބާރުލުން މުހިންމު: ރައީސް

TTH_advertisement