ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުތުރުގެ މަސްވެރިންނަށް އުފާވެރިކަން، ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވައިފި

Mal

ށ. ފުނަދޫގައި 30 ޓަނުގެ އައިސް ޕްލާންޓެއް ހުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އުތުރުގެ މަސްވެރިން ހެއްވާލައިފިއެވެ.

އައިސް ލިބުމުގެ ޝަކުވާ އަކީ އުތުރުގެ މަސްވެރިންގެ ޒަމާންވީ ޝަކުވާއެކެވެ. އެ ޝަކުވާއަށް އެއްވެސް ސަރުކާރަކަށް ހައްލު ގެނެސްދެވިފައިނުވެއެވެ. އެކަން ހައްލުކޮށްދެއްވީ ރައީސް މުއިއްޒުގެ ސަރުކާރުންނެވެ.

ފުނަދޫގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އައިސްޕްލާންޓް ހުޅުއްވައިދެއްވީ ރައީސް މުއިއްޒެވެ. އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ބައިވެރިވެވަޑައިގަތެވެ.

އެ މަސައްކަތް މިފްކޯއާ ހަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ. ފުނަދޫގައި ގާއިމްކުރި އައިސްޕްލާންޓުގައި 30 ޓަނު އަދި އައިސް ސްޓޯރޭޖްގައި 50 ޓަނު ހުންނާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

އުތުރުގެ މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބި، މަސް ދޯނިތަކަށް ވެސް އައިސް ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލު ލިބޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރަން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްދަޅު ކުރީގެ އަގުގައި ވިއްކަން ނިންމައިފި

mifco

ރައްޔިތުންގެ އެދުމުގެ މަތިން މަސްދަޅުގެ އަގު ކުރީގެ އަގަށް ބަދަލުކޮށްފި

tree top

ޓްރީޓޮޕްގެ ހެލްތު ކޭމްޕެއް މިމަހު 10 އަދި 11ގައި ށ. ފުނަދޫގައި

ފުނަދޫއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި