ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ޕޮލިސް ހިންގުން ވަގުތީ ގޮތުން އަހުމަދު މުހައްމަދަށް

TTH_Ads
Maldivian_Ads
STO_Ads
Advertisement

ހުޅުމާލެ ޕޮލިސް ހިންގުމުގެ މަސްއޫލިއްޔަތު މިއަދު ވަގުތީ ގޮތުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)އާ ހަވާލުކޮށްފި އެވެ. އެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ދާއޫދު ޗުއްޓީއަށް ވަޑައިގަތުމުން ޗުއްޓީ ނިންމަވާ އެނބުރި ވަޑައިގަންނަވަންދެން އެ ކޮމާންޑް އަހުމަދު މުހައްމަދާ ހަވާލުކުރީ ކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ދާއޫދު ޗުއްޓީ ނެންގެވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ރިޕޯޓެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއަކުން މިއަދު އާންމުކުރި ދުވަހު އެވެ. އެ ރިޕޯޓުގައި ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތެރެއިން ފައިސާ ލިބިގެން 14.6 މިލިއަން ރުފިޔާގެ އެސެޓް ދާއޫދު ހޯއްދަވާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އޭނާއަށް ކާކުގެ ފަރާތުންކަން ނޭނގޭ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާކަމާއި، ތަޅަމުދިގޭގެ ކުލި އޭނާގެ އެކައުންޓަށް ޖަމާކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ދާއޫދު އާއި އަހުމަދު މުހައްމަދަކީ 2020 ވަނަ އަހަރު ޕޮލިސް ބޯޑުން ނިންމި ނިންމުމަކާ ގުޅިގެން ވަޒީފާއިން ވަކިކުރަން ނޯޓިސް ދިން ފަސް އޮފިސަރުންގެ ތެރޭގައި ހިމެނޭ ދެ ބޭފުޅުންނެވެ. އެކަމަކު ކޯޓު މައްސަލައިގެ ނަތީޖާއަކަށް ވަނީ 2022ވަނަ އަހަރު ސިވިލް ކޯޓުން ޕޮލިސް ބޯޑުގެ ނިންމުން ގޯސްކަމަށް ނިންމުމުން ވަޒީފާ އަނބުރާ ދީފަ އެވެ.

HajjCop_ads
Advertisement

MPL_Ads
Ads_MTCC
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި