ކުއްލި ޚަބަރު

މާލެއާއި ވިލިމާލޭގެ މަގުތަކުގެ ޑިޒައިން މަރުހަލާ ފެށުމަށް ޗައިނާއާއެކު އެލްއޯއީގައި ސޮއިކޮށްފި

މީޑިއާ ކޮމިޝަނުގެ ރައީސް ކަމަށް ފަރުޝަތު އައްޔަންކުރަނީ

ސައިކަލެއް ކޮންޓްރޯލު ނުވެ ގޮސް ކްލިނިކެއްގެ ފާމަސީ ތެރެއަށް ވަދެއްޖެ

ޕީސް ސަމިޓަށްފަހު ޓްރަމްޕް ފުރައިފި، ދެވަނަ ފިޔަވަހީގެ ވާހަކަތައް ކުރިއަށްދާކަން އިއުލާންކުރި

ޕީސް ސަމިޓުގެ ބައިވެރިން:

 

ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވައްސަށް ދިއުމުގެ މަޝްވަރާތައް ކުރިއަށްދާކަން ހާމަކުރުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިސްރުގެ ޝަރުމުއް ޝައިޚުން ފުރައިފިއެވެ.

ޝަރުމުއް ޝައިޚްގައި ޓްރަމްޕްވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގަރާރުގައި ރަސްމީގޮތުން ސޮއިކޮށްފައެވެ.

މިރަސްމިއްޔާތުގައި، ދުނިޔޭގެ ވިއްސަށްވުރެ ގިނަ ގައުމުގެ އެންމެ އިސް ލީޑަރުން ބައިވެރިވަޑައި ގެންނެވިއެވެ. އޭގެތެރޭގައި ހިމެނެނީ، ޣައްޒާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އަމަލީ މަސައްކަތްތަކެއް ކުރެއްވި އަރަބި، އިސްލާމީ އަދި ހުޅަނގުގެ ބައެއް ގައުމުތަކުގެ އެންމެ އިސް ވެރިންނެވެ.

“ޕީސް ސަމިޓް” ގައި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގަރާރުގައި އެމެރިކާގެ ރައީސްގެ އިތުރުން ސޮއިކުރެއްވީ މިސްރު، ގަތަރު، ތުރުކީގެ ރައީސުންނެވެ. އެއީ ގެރެންޓީދޭ ފަރާތްތަކުގެ ގޮތުގައެވެ.

ގަރާރުގައި ސޮއިކުރުމަށްފަހު އެމެރިކާގެ ރައީސް ތަކުރާރުކޮށް ބުނީ “ހަނގުރާމަ ހުއްޓިއްޖެ” ކަމަށާއި، އެއީ ދާއިމީ ކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ކުރާނެ ކަންކަން ކަނޑައެޅުމަށް އެކަމުގެ ވާހަކަތައް މިހާރު ކުރިއަށްދާ ކަމަށްވެސް ޓްރަމްޕް އިއުލާންކުރިއެވެ.

ގަރާރުގައި ސޮއިކުރެއްވުމަށްފަހު މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ސަރަހައްދަށް ސުލްހައާއި ހަމަޖެހުން ގެނައުމަށް މުޅިން އައު ދޮރެއް ހުޅުވިގެންދިޔައީ ކަމަށެވެ.

ހަމަ އެއާއެކު، މި އެއްބަސްވުމަކީ ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލުކުރުމަށް ދެދައުލަތުގެ ހައްލު ގާއިމްކުރުމަށް މަގު ކޮށިގެންދާނެ ތާރީޚީ އެއްބަސްވުމެއް ކަމަށްވެސް މިސްރުގެ ރައީސް ވިދާޅުވިއެވެ.

“ޕީސް ސަމިޓް” އަށް ނަތަންޔާހޫއަށް ދައުވަތު ދިން ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް އޭނާ ނާދެއެވެ

މި ސަމިޓަށް ހަމާސްއަށް ދައުވަތެއް ނުދެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް އިސްރާއީލަށް އިންޒާރުކުރުމުން ފަލަސްތީނު ސަރުކާރުން އެކަމަށް މަރްހަބާ ކިޔައިފި

ޣައްޒާގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ބަނޑުހައިހޫނުކަމުގެ ހާލަތަށް އެއްވެސް ބަދަލެއް ނާދޭ: ޑަބްލިޔުއެޗްއޯ

ފަލަސްތީނު މިނިވަން ދައުލަތް އުފައްދަން ޝަރުތުކުރާތީ ސައުދީ އަރަބިއްޔާއަށް ވަރަށް ބޮޑަށް މަލާމާތްކޮށްފި

އަންރުވާއާއި ހަމާސްއާ ގުޅުވޭނެ އެއްވެސް ހެއްކެއް އިސްރާއީލަށް ނުދެއްކުނު: އައިސީޖޭ

TTH_advertisement