ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާގެ އެހީތެރިކަމުގައި ހަނގުރާމައިން ކާމިޔާބު ލިބުނީ އިސްރާއީލަށް: ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް، އިސްރާއީލު ޕާލަމެންޓްގައި ތަގްރީރު ކުރަނީ:
STO_Ads
Maldivian_Ads
TTH_Ads
Advertisement

އެމެރިކާގެ ފުރިހަމަ އެހީތެރިކަމުގައި ޣައްޒާ ހަނގުރާމައިން ކާމިޔާބު ލިބުނީ އިސްރާއީލަށް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ، އިސްރާއީލަށް ކުރި ދަތުރުގައި އިސްރާއީލުގެ ޕާލަމެންޓްގައި ތަގްރީރު ކުރަމުންނެވެ.

ޓްރަމްޕް ބުނީ، މިއީ އަސްކަރީގޮތުން އިސްރާއީލަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

HajjCop_ads
Advertisement

ޓްރަމްޕްގެ ވާހަކައިގައި މުޖުރިމު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ތައުރީފް ކުރިއެވެ. އަދި ހަނގުރާމައިގައި ކާމިޔާބު ލިބުނީ ނަތަންޔާހޫގެ މޮޅު ވިސްނުންތެރިކަމުގެ ސަބަބުން ކަމަށް ބުނެ ނަތަންޔާހޫއަށް މަރްހަބާ ކިޔާފައި ވެއެވެ.

އަދި ޚުދު އޭނާއަށްވެސް ކްރެޑިޓް ލިބޭގޮތަށް ވާހަކަ ދައްކާފައި ވެއެވެ.

ޓްރަމްޕް ބުނީ ދުނިޔޭގައި އިސްރާއީލު އެކަހެރިވަމުންދާތީ، ދުނިޔެއާ ހަނގުރާމަ ކުރުން ހުއްޓާލުމަށާއި، ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގަބޫލުކުރަން އޭނާ ނަތަންޔާހޫއަށް އެންގި ކަމަށެވެ.

މި އެއްބަސްވުމަކީ އަބްރަހަމް އެކޯޑް ފުޅާކޮށް، އަރަބީންނާއި އިސްރާއީލާ ދެމެދު ގުޅުން ފުޅާކުރެވޭނެ އެއްބަސްވުމެއް ކަމަށްވެސް އެމެރިކާގެ ރައީސް ސިފަކުރިއެވެ.

އިސްރާއީލަށާއި، ނަތަންޔާހޫއަށް ތައުރީފް ކުރަމުން ޓްރަމްޕްވަނީ ފަލަސްތީނު ރައްޔިތުންނަށް ބަހުގެ ހަމަލާތައް ދީފައެވެ.

ބުނެފައިވަނީ، މިކަމުން ފަލަސްތީނު މީހުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމަށާއި، ފަލަސްތީނު ރައްޔިތުން ހިންގާ “ޓެރަރިޒަމް” ހުއްޓާލަންޖެހޭ ކަމަށެވެ.

ޓްރަމްޕްގެ ވާހަކައިގައި، އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނު އެތައްހާސް މީހުންގެ ނަމެއް، އަދި އިސްރާއީލުން ޣައްޒާއަށް ހަދާލާފައިވާ ގޮތުގެ އެއްވެސް ވާހަކައެއް ނުދައްކައެވެ.

ފަލަސްތީނު މިނިވަން ދައުލަތުގެ ނަމެއްވެސް ނުގަނެއެވެ. އެގޭ ބަދަލުގައި ބުނީ، ގުދުސް އޮންނާނީ އިސްރާއީލުގެ ވެރިރަށުގެ ގޮތުގައި ކަމަށެވެ.

އިސްރާއީލަށް ކުރި ދަތުރަށްފަހު ޓްރަމްޕް މިހާރުވަނީ މިސްރުގައި ބާއްވާ “ޕީސް ސަމިޓް ގައި ބައިވެރިވުމަށް މިސްރަށް ފުރާފައެވެ. ޣައްޒާ ހަނގުރާމަ ރަސްމީގޮތުން ނިމުމަކަށް އައިކަމުގެ ލިޔުމުގައި ޓްރަމްޕް ސޮއިކުރަނީ މިސްރުގައެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

I Ibbe
Eynaakuri nubaikameggevaahakaeh eynaa nudhakkaane noontha

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު “ނައްތާލަން” ޓްރަމްޕް އިންޒާރުކުރުމަކީ ނާއުންމީދުވެފައިވާކަމުގެ ނިޝާނެއް: އީރާނު އަސްކަރިއްޔާ