ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގޮއިދޫގައި ކުނި މެނޭޖްކުރާ މަރުކަޒުގެ މަސައްކަތް ފަށައިފި

STO_Ads
TTH_Ads
Advertisement

ށ. ގޮއިދޫގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފަށައި އެރަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒާއި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ މިއަދު އަޅައިފިއެވެ.

ގޮއިދޫގައި ތަަރައްޤީގެ މަސައްކަތްތައް ފައްޓަވައިދެއްވީ ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

ރަށްރަށުގައި ކުންޏާއި ވަޞީލަތްތައް މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ފަށާފައިވާ މުހިއްމު މަޝްރޫޢެެކެވެ. އެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޚިދުމަތް ފެށުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

MMA_Ads
HajjCop_ads
Advertisement

ގޮއިދޫގައި ތަރައްޤީކުރާ ކުނި މެނޭޖްކުރާ މަރުކަޒާއެކު އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އެރަށުގައި އެ މަރުކަޒު އެޅުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފު އުމަރެވެ.

ށ. ގޮއިދޫގައި އަލަށް އިމާރާތްކުރާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރުސީ) ގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢު އެވެ.

މުޅި ރާއްޖެއަށް ފުޅާކުރާ ފުލުހުންގެ ޚިދުމަތުގެ ދަށުން ގޮއިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންއެވެ.

ގޮއިދޫގައި ކުނި މެނޭޖްކުރާ މަރުކަޒާއި އެފްއާރުސީގެ އިތުރުން ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކުރާނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ގޮއިދޫގައި ކުރިއަށްގެންދާ އެ މަޝްރޫޢުތައް ޢަމަލީގޮތުން ފެށުމުގެ ރަސްމިއްޔާތުގައި ފެނަކާ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ އިތުރުން ގޮއިދޫ ކައުންސިލްގެ ރައީސް ބައިވެރިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮއިދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރަންހުރި މުހިއްމު ކަންކަމާއި ރައްޔިތުންގެ ހުށަހެޅުންތައް މަޝްވަރާކުރައްވާފައިވެއެވެ.

MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
MMA_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

B Goidhoo

ގޮއިދޫ މިސްކިތުގެ އިމާމުގެ މައްސަލަ ބަލަނީ

Raees muiz

އިނގިރޭސިވިލާތަށް ބޭރުކުރާ މަހަށް ނަގާ ޓެރިފް ކަނޑާލުމަކީ ސިނާއަތައް ލިބުނު ކުރިއެރުމެއް: ރައީސް

ފުވައްމުލަކުގެ ކުރީގެ އަތޮޅުވެރިޔާ ފާރޫޤް އަޙްމަދު އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ފޮނުއްވައިފި

މިއަދަކީ ބަނަލްއަޤްވާމީ އާއިލާތަކުގެ ދުވަސް