ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސީޝެލްސްގެ ރިޔާސީ އިންތިހާބު އިދިކޮޅު ލީޑަރު ޕެޓްރިކް ހާރުމިނީ ކާމިޔާބު ކޮށްފި

TTH_Ads
STO_Ads
Advertisement

އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއް ކަމުގައިވާ ސީޝެލްސްގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އިދިކޮޅު ލީޑަރު ޕެޓްރިކް ހާރުމިނީ ފަސޭހަ ކާމިޔާބީއެއް ހޯދައްވައިފިއެވެ. 62 އަހަރުގެ ހާރުމިނީ އަށް 52.7 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި އިރު، މިހާރުގެ ރައީސް ވާވެލް ރަމްކަލާވަންއަށް 47.3 ޕަސެންޓް ވޯޓް ލިބިވަޑައިގަތެވެ.

ކާމިޔާބު ވެވަޑައިގަތުމާ ގުޅިގެން ހާރުމިނީ ވިދާޅުވީ ރައްޔިތުން ބަދަލަކަށް ވޯޓުދެއްވި ކަމަށާއި، ސީޝެލްސްގެ ހުރިހާ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ހަމަހަމަކަމާއެކު އަދުލު އިންސާފާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އޭނާގެ ޔުނައިޓެޑް ސީޝެލްސް ޕާޓީން މިދިޔަ މަހު ބޭއްވި އާންމު އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް ވަނީ ހޯދާފައެވެ.

ހާރުމިނީގެ ސިޔާސީ ދިރިއުޅުމަކީ އުފަލާއި ދެރަ ވެސް ވަރަށް ބޮޑަށް ކުރިމަތިވި ދިރިއުޅުމެކެވެ. 2007 އިން 2016 އާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވި ނަމަވެސް 2023 ވަނަ އަހަރު ސިހުރު ހެދުމުގެ ތުހުމަތުގައި ހައްޔަރު ކުރެވިވަޑައިގެންނެވިއެވެ. ނަމަވެސް އެ ދައުވާ ފަހުން އަނބުރާ ގެންދެވުނެވެ.

HajjCop_ads
MMA_Ads
Advertisement

އެފްރިކާގެ އެންމެ މުއްސަނދި ގައުމެއްގެ ގޮތުގައި ސީޝެލްސް ފަތުރުވެރިކަމަށް މަޝްހޫރު ވިޔަސް މަސްތުވާތަކެތީގެ މައްސަލަ އެތަނުގައި ދަނީ ބޮޑުވަމުންނެވެ. 120,000 އަށް ވުރެ މަދު އާބާދީގެ ތެރެއިން 5,000 އާއި 10,000 އާ ދެމެދުގެ އަދަދަކަށް މީހުން ހެރޮއިން ބޭނުންކުރާ ކަމަށް ރިހެބިލިޓޭޝަން ސެންޓަރުތަކުން ބުނެއެވެ. އާ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ދިރިއުޅުމުގެ ހަރަދު ކުޑަކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ އެންމެ ބޮޑު އެއް ވައުދެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
MMA_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ސީޝެލްސްގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގެންފި

ސީޝެލްސްގެ ފޮރިން މިނިސްޓަރ ބެރީ ފޯ ރާއްޖެ ވަޑައިގެންފި

ސީޝެލްސްއަށް ކަނޑައެޅުއްވި ސަފީރުގެ ފަތްކޮޅު އަރުވައިފި

ރިޕަބްލިކް އޮފް ސީޝެލްސްގެ އިންތިޚާބީ ރައީސަށް ތަހުނިޔާ ފޮނުއްވައިފި