ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް ޝާފިއު އާއި މުޒައްމިލު

11 އަހަރުގެ ޚިދުމަތަށްފަހު ޑރ. އާސިޔަތު ޕްރިންސިޕަލްކަމުން އިސްތިއުފާދެއްވައިފި

ނޮޅިވަރަމަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

“ގްލޯބަލް ސުމޫދު ފްލޮޓިލާ” ގެ އިތުރު 45 ބައިވެރިން އުރުދުންއަށް ޑީޕޯޓްކޮށްލައިފި

ގްލޯބަލް ސުމޫދް ފްލޮޓިލާގައި ހިމެނުނު ބޯޓެއް:

ޣައްޒާގެ ހިސާރު ފޫއަޅުވާލަން ދިޔަ “ގްލޯބަލް ސުމޫދު ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތަކުން ހައްޔަރު ކުރި އިތުރު 45 މީހަކު އުރުދުންއަށް ވާސިލްވެފައިވާ ކަމަށް، އުރުދުން ސަރުކާރުން ހާމަކޮށްފިއެވެ.

މިއީ، އިސްރާއީލުން ޑީޕޯޓްކޮށްލި މީހުންނެވެ.

އިސްރާއީލުން އުރުދުންއަށް ޑީޕޯޓްކޮށްލި 45 މީހުންގެ ތެރޭގައި ހިމެނެނީ، ކެނެޑާ، ޓިއުނީޝިއާ، ސްޕެއިން، ބެލްޖިއަމް، ފްރާންސް، ޖަރުމަނީ، އިޓަލީ، އަޔަރލޭންޑް، ފިންލޭންޑް އަދި ޔޫކޭގެ ރައްޔިތުން ކަމަށް އުރުދުން ސަރުކާރުގެ ޚާރިޖިއްޔާއިން ހާމަކޮށްފައި ވެއެވެ.

އެ ހުރިހާ އެންމެން އުރުދުންއަށް އެތެރެވެފައިވަނީ ކިންގް ހުސައިން ބްރިޖް ހުރަސްކޮށެވެ.

އެމީހުން އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލުމަށްޓަކައި އެމްބަސީތަކާ ވާހަކަ ދައްކަމުންދާ ކަމަށްވެސް، އުރުދުން ޚާރިޖިއްޔާއިން ބުނެފައި ވެއެވެ.

“ގްލޯބަލް ސުމޫދު ފްލޮޓިލާ” ގައި ޣައްޒާއަށް ދަތުރުކުރި އެކްޓިވިސްޓުންގެ ތެރެއިން 131 މީހުން އިސްރާއީލުން މިދިޔަ ހަފްތާގައި އުރުދުންއަށް ޑީޕޯޓް ކޮށްލާފައި ވެއެވެ.

“ގްލޯބަލް ސުމޫދު ފްލޮޓިލާ” ގާފިލާގައި ހިމެނޭ ބޯޓުތައް ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރަނިކޮށް، އިސްތިއުމާރީ ސިފައިން އެ ބޯޓުތަކަށް އަރައިގަނެ 470 މީހުން ހައްޔަރު ކުރިއެވެ.

ދުނިޔޭގެ 46 ގައުމަކަށް ނިސްބަތްވާ 500 އަށްވުރެ ގިނަ މީހުންނާއެކު ފަންސާހާ ގާތްކުރާ އަދަދެއްގެ ބޯޓު ޣައްޒާއަށް ދަތުރުކުރީ ކުޑަކުދިން ބޯނެ ބުއްދަޅާއި، ކާނާއާއި، ބޯފެނާއި  ބޭސް ހިފައިގެންނެވެ.

އެއީ، އިސްތިއުމާރީ އިސްރާއީލުން ދެއަހަރު ވަންދެން ޣައްޒާގައި ހިންގަމުންދިޔަ ނަސްލުނައްތާލުމާއި، ޣައްޒާ ރައްޔިތުން ބަނޑަށްޖެއްސުން ނިމުމަކަށް ގެނައުމުގެ މަގްސަދުގައެވެ.

“ގްލޯބަލް ސުމޫދު ފްލޮޓިލާ” ގައި ޣައްޒާއަށް ދަތުރުކުރި މީހުންގެ ތެރޭގައި، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި، ގާނޫނީ ވަކީލުންނާއި، ޑޮކްޓަރުންނާއި، ގައުމުތަކުގެ ޕާލަމެންޓް މެމްބަރުންނާއި، ކުރިން މެމްބަރުކަން ކޮށްފައިވާ މީހުންނާއި، މަޝްހޫރު ސިޔާސީ އެކިއެކި ފަރާތްތައް ހިމެނެއެވެ.

“ގްލޯބަލް ސުމޫދު ފްލޮޓިލާ” ގައި ދަތުރުކުރި ގިނަ ބަޔަކު އިސްރާއީލުން އަދިވެސް ތިބީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާ ރައްޔިތުންގެ އުންމީދު ފަނޑުވަނީ، މިއަދުވެސް ޚާން ޔޫނިސްއަށް ވަރުގަދަ 10 ހަމަލާ

ރެއިން ފެށިގެން މިހާތަނަށް 104 މީހުން ޝަހީދު، ބޮންއެޅުން ހުއްޓާލާފައި ބުނީ އެއްބަސްވުންމަތީ ތިބިކަމަށް

ޣައްޒާއަށް ވަރުގަދައަށް ބޮންއަޅަނީ، 8 ކުޑަކުދިންނާއެކު މިހާތަނަށް 21 މީހުން ޝަހީދު

ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް މުޖުރިމު ނަތަންޔާހޫ އަމުރުކޮށްފި

TTH_advertisement