ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހަައުސިން ޔުނިޓްތައް ކުއްޔަށް ދޫކޮށްފައިވޭތޯ އެޗްޑީސީން ވެސް ބަލަނީ

އެޗްޑީސީ އިން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ސޯޝަލް ހައުސިން ފުލެޓްތައް އެހެން ބަޔަކަށް ކުއްޔަށް ދިނުމަކީ އެއްބަސްވުމާއި ޚިލާފު ކަމެއް ކަން ހަނދާންކޮށްދީ ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދޫކޮށްފައިވޭތޯ ބަލާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.

އެޗްޑީސީން މިއަދު ބުނީ ސޯޝަލް ހައުސިންގ ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަކަށް ވާތީ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިންގ ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

“…އެހެންކަމުން، ސޯޝަލް ހައުސިންގ ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށްދޫކޮށްފައިވޭތޯ މި ކޯޕަރޭޝަނުން ބަލަމުން ގެންދާނެވާހަކަ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރަމެވެ,”

ކުއްޔަށް ދޭނަމަ އެއްބަސްވުން ބާތިލްކޮށް ދައުލަތަށް ނަގަނީ
އެޗްޑީސީން މިހެން ބުނެފައިވާއިރު ސޯޝަލް ހައުސިން ސްކީމްގެ ދަށުން ސަރުކާރުން ދޫކުރާ ފްލެޓްތައް ބޮޑުއަގުގައި ކުއްޔަށް ދިނުންފަދަ އެއްބަސްވުމާ ޚިލާފު ކަންކަން ހިނގާ ނަމަ، އެފަދަ ތަންތަނާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، އެތަންތަން ދައުލަތަށް ނަގަން ސަރުކާރުން ނިންމާފައިވާކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތައް ކުއްޔަށްދޭތީ އެކަމާ ގުޅޭގޮތުން އާއްމުންގެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށެވެ.

ވަޒީރު “އެކްސް” ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ސަރުކާރުގެ އިޖްތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.

އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށާ އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hiyaa flats

ސޯޝަލް ހައުސިން ކުއްޔަށް ދިނުން ހުއްޓުވުމަށް ގާނޫނަށް ބަދަލު ގެންނަނީ

Igmh

ހިޔާ ފްލެޓުން ވެއްޓުނު މީހާގެ ހާލު ސީރިއަސްވެ އަދިވެސް ވެންޓިލޭޓަރުގައި

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

433946 3 9491cd5a13ea3bfbdf63e93b020b15e401f9162c 1140x570

ހިޔާ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 37 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި