ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމްޕަޔަރުންނަށް ދޭ އެންމެ މަތީ ފަންތީގެ ބެޖު ރާއްޖޭގެ އައްޒާމް ހޯދައިފި

އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަން (އައިޓީޓީއެފް) އިން އަމްޕަޔަރުންނަށް ދޭ އެންމެ މަތީ ފެންވަރުގެ ބެޖު ކަމުގައިވާ ބްލޫ ބެޖު ރާއްޖޭގެ ޓޭބަލް ޓެނިސް އަމްޕަޔަރެއް ކަމުގައިގާ އައްޒާމް އިބްރާހީމް ހޯދައިފިއެވެ.

އައްޒާމަށް ލިބިގެންދިޔަ މި ބްލޫ ބެޖަކީ އައިޓީޓީއެފްއިން އަމްޕަޔަރަކަށް ދޭ އެންމެ މަތީ ދަރަޖަ ކަމުގައިވާއިރު, އެ ބެޖު އޮތުމުން ޓޭބަލް ޓެނިސްގެ ވޯލްޑް ޗެމްޕިއަންޝިޕާއި އޮލިމްޕިކްސްފަދަ ބޮޑެތި ބައިނަލްއަގްވާމީ މުބާރާތްތަކުގައި އަމްޕަޔަރު ކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާނެއެވެ.

މި ބްލޫ ބެޖު ހޯދުމަށް ޓަކައި އައްޒާމް ވަނީ އައިޓީޓީއެފްގެ ފަރާތުން ދޭ އިމްތިހާނުތައް ފުރިހަމަ ކޮށް, އެ ބެޖު ހާސިލުކުރުމަށް ޓަކައި އަމްޕަޔަރުކަން ކުރަން ޖެހޭ އަދަދަށް މެޗު ހަމަކޮށްފައެވެ.

އައްޒާމަށް މި ލިބުނު ފަހުރުވެރި ކާމިޔާބީ ފާހަގަކުރުމަށް ޓަކައި ރާއްޖޭ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ އޭނާއަށް ހަނދާނީ ފިލާއެއް އަރުވާފައެވެ.

އައްޒާމް, ބްލޫ ބެޖު ހާސިލުކުރުމާއެކު މިހާރު ރާއްޖޭގައި ޓީޓީއިން ބްލީ ބެޖު ހާސިލުކުރި ދެ އަމްޕަޔަރުން އެބަތިއްބެވެ. އެއީ އައްޒާމްގެ އިތުރުން މުހައްމަދު ޔާމީނެވެ. މި އަހަރުގެ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އަމްޕަޔަރުކަން ޔާމީން ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ނ ނައިފަރޭ
ޅ.ނައިފަރު ޕާމްލޮޖް ޢައްޒާމު އިބްރާހިމް ތިހޯއްދެވި ކާމިޔާބީއަށް މަރުޙަބާއާއި އައްސަރިބަހާއި ސާބަސް. އަދިވެސް އިތުރު ކާމިޔާބައް އެދެން.😊

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު