ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ގެންދާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

ސަރުކާރުގެ ޚަރަދުގައި 1447 ވަނަ އަހަރު ހައްޖަށް ގެންދިއުމަށް ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށްދާ މީހުން ހޮވުމަށް މިމަހުގެ 9 ވަނަ ދުވަހު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އާންމުންނަށް ފެންނާނެހެން ލައިވްކޮށް ގުރުއަތުލުން ކުރިއަށްގެންގޮސްފައެވެ.

އެގޮތުން ސަރުކާރުގެ ޚަރަދުގައި ޙައްޖުގެ މަތިވެރި އަޅުކަމަށް ދިއުމަށް 50 މީހަކު ހޮވާފައިވެއެވެ. އަދި އެއްވެސް ސަބަބެއް މެދުވެރިވެ ނުދެވިއްޖެ ހާލަތެއްގައި ދާނެ ފަރާތްތަކުގެ ގޮތުގައި 25 މީހަކު ހޮވާފައިވެއެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ މިމަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް ހުޅުވާލާފައެވެ. އަދި އެ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށައެޅުމަށް ބޭނުންވާނަމަ [email protected] އަށް ޝަކުވާ ފޮނުވުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.

ގުރުއަތުން ހޮވުނު ފަރާތްތަކުގެ ދާއިމީ ލިސްޓު އާއްމު ކުރުމަށް ހަމަޖެހިފައިވަނީ ހުށައެޅޭ ޝަކުވާތަކަށް ބެލުމަށްފަހުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުގެ ދަށުން އެންމެ ފުރަތަމަ ފަގީރުން ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރުއެވެ. މިގޮތުން މިދިޔަ 50 މީހުން އަދި މިއަހަރު 50 މީހުން ޙައްޖަށް ފޮނުވާ، މުޅި ޖުމްލަ 100 މީހުން ސަރުކާރު ޚަރަދުގައި ހައްޖަށް ފޮނުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ