ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ދަތުރުގެ ސަލާމަތީ ފިޔަވަޅެއްގެގޮތުން އިސްރާއީލުގެ ވައިގެ ސަރަހައްދު ބަންދުކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންނަ ހޯމަދުވަހު އިސްރާއީލަށް އަންނާތީ، ސަލާމަތީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އިސްރާއީލުގެ ތެލް އަވީވާއި ހިފާފައިވާ ގުދުސްްގެ ވައިގެ ސަރަހައްދުވެސް ބަންދުކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޓްރަމްޕްގެ ދަތުރާ ގުޅޭގޮތުން އިސްރާއީލު ފުލުހުން އާންމުކުރި ޕްލޭންގައެވެ.

އެގޮތުން ބުނެފައިވަނީ، ތެލް އަވީވްގައި އޮންނަ ބެން ގޫރިއަން އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވައިގެ ސަރަހައްދާއި، ގުދުސްގެ ވައިގެ ސަރަހައްދުގައިވެސް އެއްވެސް ޑްރޯންއެއް އަދި މަތިންދާ ބޯޓެއް ވިޔަސް އުދުހުމަކީ މަނާކަމެއް ކަމަށެވެ.

ހަމަ އެއާއެކު، ގުދުސްއަށް ދެވޭން އޮންނަ މައި ހުރިހާ މަގުތަކާއި، އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކަށް ދެވޭން އޮންނަ މަގުތައްވެސް، ޓްރަމްޕްގެ ދަތުރާ ދިމާކޮށް ބަންދު ކުރެވޭނޭ ކަމަށް، އިސްރާއީލު ފުލުހުން ބުނެފައި ވެއެވެ.

ޓްރަމްޕްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އެތައްހާސް ސިފައިންނާއި ފުލުހުން ހަރަކާތްތެރި ވާނޭ ކަމަށް އިސްރާއީލު މީޑިއާއިން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލަށް މިދަނީ، ހަނގުރާމަ ހުއްޓުމަކަށް ގެނައުމާއި، ގައިދީން މިނިވަން ކުރުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން އެކަމުގެ “ކާމިޔާބީ” ފާހަގަ ކުރުމަށް ކަމަށް ވެއެވެ.

މިއީ، އެމެރިކާގެ ރައީސް ކަމަށް ދެވަނަ ފަހަރަށް އައުމަށްފަހު ޓްރަމްޕް އިސްރާއީލަށް ޒިޔާރަތް ކުރާ ފުރަތަމަ ފަހަރެވެ.

ޓްރަމްޕްގެ މި ދަތުރުގައި އިސްރާއީލުގެ ޕާލަމެންޓްގައި ތަގްރީރު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ ރައީސްގެ މި ދަތުރުގައި އިސްރާއީލުގެ އިތުރުން، މިސްރަށްވެސް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ހަމާސްއާއި އިސްރާއީލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ރަސްމީގޮތުން ސޮއިކުރުންވެސް މި ދަތުރުގައި އޮންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

އެމެރިކާގެ އެތައް މިލިއަން ބަޔަކު މަގުތަކަށް، ޓްރަމްޕް ވެރިކަމުން ދުރުކުރުމަށް ދަނީ ގޮވާލަމުން

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އިންޖީނުގެތަކަށް ހަމަލާދިނުން ފަސްކޮށްދޭން އީރާނުން ނޭދޭކަމަށް ރިޕޯޓްތައް ފެތުރޭން ފަށައިފި