ކުއްލި ޚަބަރު

ޕޯލްގެ ނަތީޖާ އިން އެނގެނީ ރައީސްގެ ހިންގުންތެރިކަމާމެދު ރައްޔިތުންގެ އިތުބާރު އޮތްކަން: ސައީދު

ސައްހަ ވޯކް ޕާމިޓެއް ހޯދުމަށް ތިން މަހުގެ މުއްދަތެއް ބިދޭސީންނަށް ދިނުމަށް ސަރުކާރުން ނިންމައިފި

ޝަމްއާން ބަންދުން ދޫކުރެވެން ނެތް ކަމަށް ނިންމައިފި

ސިއްހީ ދާއިރާގެ ކުރިއެރުމަކީ ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުގެ ނަތީޖާ: ނާޒިމް

minister nazim

ރާއްޖޭގެ ސިއްހީ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތަކަކީ ވަރަށް ގިނަ ދުވަހު ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތުގެ އިތުރުން އެ ދާއިރާ ކުރިއެރުވުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްތުކަން، ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޯޑަންގެ ވެރިރަށް އައްމާންގައި މި މަހު 7-9 އަށް ކުރިއަށް ދިޔަ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ހެލްތު މިނިސްޓަރުންގެ 8 ވަނަ ބައްދަލުވުމުގައި ތަގްރީރު ކުރައްވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމަ ހުއްޓުވުމަށް އިސްމާލީ ގައުމުތައް ގުޅިގެން، ހުރިހާ ގައުމަކުން އެކުގައި މަސައްކަތްކުރަން ޖެހޭނެ ކަމަށެވެ.

ތިން ދުވަހުގެ މި ބައްދަލުވުމުގެ ފުރަތަމަ ދުވަހަކީ، ބައިވެރިވާ ގައުމުތަކުގެ އިސްވެރިންނާއި ހެލްތު ދާއިރާގެ ފަންނީ ބޭފުޅުންގެ ބައްދަލުވުން ކުރިއަށް ގެންދިޔަ ދުވަހެވެ. އަދި ބައްދަލުވުމުގެ ދެވަނަ ދުވަހާއި ތިން ވަނަ ދުވަހަކީ އޯއައިސީގެ މެމްބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުން އެޖެންޑާގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރި ދެ ދުވަހެވެ. މިގޮތުން މިއަހަރުގެ މަޢުޟޫއަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް ވަނީ ވާހަކަފުޅު ދައްކަވައިފައެވެ.

މިއީ އޯއައިސީގެ މެމްބަރ ގައުމުތަކުގެ ސިއްހީ ޙާލަތު ދެނެގަނެ، އޯއައިސީގެ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަންގެ ލަނޑުދަނޑިތައް ހާޞިލުކުރެވިފައިވާ މިންވަރު ބަލައި ކުރިއަށް އޮތް 10 އަހަރުގެ ސްޓްރެޓީޖިކް ޕްރޮގްރާމް އެކުލަވާލުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެމްބަރު ޤައުމުތަކުގެ ސިއްހީ ޙާލަތު ރަނގަޅު ކުރުމަށް ފިޔަވަޅުތައް އަޅާނެ އެވެ.

އޯއައިސީގެ ހަތް ވަނަ އިސްލާމިކް ކޮންފަރަންސް އޮފް ހެލްތު މިނިސްޓާސްގެ ބައްދަލުވުން އެންމެ ފަހުން ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޔޫއޭއީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister nazim

ބިދޭސީންގެ ޞިއްޙީ ކަންކަމަށް ޙައްލު ނުހޯދޭނަމަ ދަތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހިދާނެ: ނާޘިމް

ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތް އިފުތިތާހުކޮށްފި

Ii

އާސަންދައިން ނުލިބޭ ބޭސްތައް އާސަންދައިން ލިބޭގޮތް ހަމަޖައްސަނީ

990

ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުން ވަރަށް އަވަހަށް ހަގީގަތަކަށް ވާނެ: ނާޒިމް

TTH_advertisement