ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕެރިސް މީޓީންގ މިރޭ، ޣައްޒާއަށް ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމުގެ މައްސަލަ އެޖެންޑާގައި

ފަރަންސޭސިލާތުގެ ވެރިރަށް ޕެރިހުގައި މިރޭ ފަށާ އަރަބި އަދި ޔޫރަޕްގެ ބައެއް ގައުމުތަކުގެެ ޚާރިޖީ ވަޒީރުންގެ މީޓިންގެ އެެޖެންޑާގައި، ޣައްޒާއަށް ބައިނަލްއަގްވަމީ ސުލްހަ ބަލަހައްޓާ ފައުޖެއް ފޮނުވުމުގެެ މައްސަލަ ހިމެނޭ ކަމަށް، ޖަރުމަނުން ބުނެފިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ޔޮހާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޣައްޒާ މުސްތަގްބަލުގައި އޮންނާނެ ގޮތުގެ ޕްލޭންގެދަށުން އަދި ޣައްޒާގެ މުސްތަގްބަލަށްޓަކައިވެސް ސުލްހަ ބަލަހައްޓާ ފައުޖެއް ޣައްޒާގައި އޮތުން މުހިންމު ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕެރިސް މީޓިންގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޖަރުމަނު ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ޕެރިސް މީޓިންއަކީ ފަރަންސޭސި ރައީސް އިމެނުއެލް މެކްރޯންގެ އިސް ނެންގެވުމުގެމަތިން ބާއްވާ މީޓިންގ އެކެވެ.

މި މީޓީންގައި އަރަބި ދުނިޔޭގެ މުހިންމު ގައުމުތައް ކަމަށްވާ މިސްރު، އުރުދުން، ގަތަރު، ސައުދީ އަރަބިއްޔާ، ޔޫއޭއީގެ ޚާރިޖީ ވަޒީރުންގެ އިތުރުން، ޔޫރަޕްގެ މުހިންމު ގައުމުތައް ކަމަށްވާ ފްރާންސް، އިޓަލީ، ޖަރުމަނީ، ސްޕެއިން، ޔޫކޭ، ތުރުކީގެ ޚާރިޖީ ވަޒީރުންގެ އިތުރުން، އީޔޫވެސް ބައިވެރިވެއެވެ.

ފަރަންސޭސި ޚާރިޖިއްޔާއިން ބުނެފައިވަނީ ޕެރިސް މީޓިންގެ މައިގަނޑު އަމާޒަކަށް ވާނީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމައެކު ޣައްޒާ މައްސަލައަށް ދާއިމީ ސިޔާސީ ހައްލެއް ހޯދުމަށާއި، ގިނަ ގައުމުތައް ގުޅިގެން އެކަށައަޅާފައިވާ ހައްލުތައް ތަންފީޒު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ.

ފަރަންސޭސި ރައީސް މެކްރޯން ވިދާޅުވީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކީ، ދެދައުލަތުގެ ހައްލު ހޯދުމުގެ މަސައްކަތުގެ ފެށުމަށް ވާންޖެހޭނޭ ކަމަށެވެ.

ޚަބަރު ލިބޭގޮތުގައި، ފަރަންސޭސި ރައީސްގެ އިސް ނެންގެވުމަށް ބާއްވާ ޕެރިސް މީޓީންގައި އެމެރިކާގެ ޚާރިޖީ ވަޒީރު ބައިވެރިއެއް ނުވެއެވެ. އެއީ، މުހިންމު ކަމެއް ކަމަށް ނުދެކޭތީއެވެ.

ޕެރިސް މީޓިންއަށް އިސްރާއީލުން ވެސް ވަނީ ފާޑުކިޔާފައެވެ. ބުނެފައިވަނީ، ޕެރިސް މީޓިންއަކީ ޣައްޒާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ މީޓިންއެއް ކަމަށެވެ.

އދގެ އާންމު މަޖިލލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައި ވީނަމަވެސް، ފަލަސްތީނަށް މިނިވަން ދައުލަތެއް ގާއިމްކުރުމަށް އިސްރާއީލުން އަދިވެސް ގެންދަނީ ދެކޮޅު ހަދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި