ކުއްލި ޚަބަރު

ގައުމީ ފުޓްބޯޅަ ޓީމުތަކުގެ ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފި

ވިލިމާލޭ ހޮސްޕިޓަލްގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ޗައިނާ އިން ފަށައިފި

ވާނުވާ ބަންދުގައި އަހަރު ދުވަސްވީ މައްސަލަތައް މާޗް މަހަށް ނިންމަނީ

ހަތިޔާރުގެގޮތުން އިސްރާއީލަށް ދަތިކުރަން ސްޕެއިން ސަރުކާރުން ނިންމި ނިންމުން އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފި

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް

އިސްރާއީލަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ސްޕެއިން ސަރުކާރުން ނިންމި  ނިންމުން އެގައުމުގެ ޕާލަމެންޓުން ފާސްކޮށްފިއެވެ.

މިއީ، އިސްރާއީލުން ޣައްޒާގައި ހިންގާ ނަސްލުނައްތާލުމުގެ ޖަރީމާތައް ހުއްޓުވުމަށްޓަކައި ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް މިދިޔަ ސެޕްޓެމްބަރުމަހު ޕާލަމެންޓަށް ހުށަހެޅުއްވި ބިލެކެވެ.

ބިލް ފާސްވީ ހަނި ތަފާތަކުންނެވެ، ބިލް ފާސްކުރުމަށް 178 މެމްބަރުން ވޯޓު  ދެއްވިއިރު، ބިލާ ދެކޮޅަށް 169 މެމްބަރުން ވޯޓު ދެއްވިއެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ޗަންސޭޒަކީ، އިސްރާއީލުން ޣައްޒާގައި ހިންގަމުންގެންދާ ދެއަހަރުވީ ޖަރީމާތަކާ އެންމެ ފާޅުކަންބޮޑު ގޮތެއްގައި ދެކޮޅު ހައްދަވަމުން ގެންދަވާ ޔޫރަޕްގެ ލީޑަރެވެ.

ޕެޑްރޯ ސަންޗޭޒަކީ، ޣައްޒާ ހަނގުރާމައާ އެންމެ ބޮޑަށް ދެކޮޅު ހައްދަވަމުން ގެންދަވާ ދުނިޔޭގެ މަދު ލީޑަރުންގެ ތެރެގައި ހިމެނިވަޑައިގަންނަވާ ލީޑަރެއްވެސް މެއެވެ.

ސްޕެއިންގެ ޕާލަމެންޓުން ފާސްކުރި ގާނޫނުގެ ދަށުން، ދިފާއާ ގުޅުންހުރި އެއްވެސް އިކުއިޕެމްންޓެއް، ދިފާއާ ގުޅުންހުރި އުފެއްދުމެއް އަދި ޓެކްނޯލޮޖީއެއްވިޔަސް އިސްރާއީލަށް ވިއްކުމަކީ މަނާކަމެކެވެ.

އަދި އެފަދަ އެއްވެސް އެއްޗެއް އިސްރާއީލުން ސްޕެއިނަށް އެތެރެ ކުރުމަކީވެސް މަނާކަމެކެވެ.

މީގެއިތުރުން، އަސްކަރީ ބޭނުންތަކަށް ބޭނުންކުރާނެތީ މަތިންދާ ބޯޓަށް އަޅާ އެއްވެސް ތެލެއް ސްޕެއިން މަގުން އިސްރާއީލަށް ގެންދިއުންވެސް ވަނީ މަނާކޮށްފައެވެ.

މީގެއިތުރުންވެސް، ހިފާފައިވާ ހުޅަނގު އައްސޭރިއާއި، ޣައްޒާގައި އިސްރާއީލުން އުފައްދާ އެއްވެސް މުދަލެއް ސްޕެއިންގަ އިސްތިހާރު ކުރުންވެސް  ގާނޫނުގައި މަނާކޮށްފައި ވެއެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް 2023 ވަނަ އަހަރު ހަނގުރާމަ ފެށުމާއެކު ސްޕެއިނުންވަނީ އިސްރާއީލުން ހަތިޔާރު ގަތުމާއި، އަދި އިސްރާއީލަށް ހަތިޔާރު ވިއްކުންވެސް މަނާކޮށްފައެވެ.

އެހެން ނަމަވެސް، ސްޕެއިންގެ ބޮޑުވަޒީރު ސަންޗޭޒް ބޭނުންފުޅުވީ، ސަރުކާރުގް  ނިންމުން ގަނޫނަކަށް ހެދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި މިހާރު ހައިހޫނުކަމުގެ އާންމު ހާލަތެއް ނެތްކަމަށް، މޮނިޓަރިންގ ގްރޫޕުން ބުނެފި

މޫސުން ގޯސްވެ ޣައްޒާއިން އިމާރާތެއް ވެއްޓި 17 މީހުން މަރުވެއްޖެ

ޣައްޒާ ފެނުއަޑީގައި އޮތްއިރުވެސް އާންމުން ބަނޑަށްޖެއްސުމަށް އިސްރާއީލުން މަސައްކަތް ކުރަނީ

ޔަހޫދީންނާމެދު ނަފްރަތު ފެތުރެނީ ގައުމުތަކުން ފަލަސްތީނު ދައުލަތް ބަލައިގަތުމުން: ނަތަންޔާހޫ

TTH_advertisement