ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުޙުމަތުގައި 4 މީހުން ހައްޔަރުކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުޙުމަތުގައި މާލެއިން 4 މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި 4 ކުޑަކުއްޖަކު އަނިޔާއަށް ހުށައެޅިފަވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ 17 އަހަރުގެ ދެ އަންހެން ކުދިންނާ، 16 އަހަރާ 17 އަހަރުގެ ދެ ފިރިހެން ކުދިންކަމަށެވެ. ފުލުހުން ވިދާޅުވީ މި މައްސަލައިގެ ތުޙުމަތުގައި 4 މީހުން ހައްޔަރުކުރީ އިއްޔެ ހެނދުނުގެ ވަގުތުކަމަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ފުލުހުން ހައްޔަރު ކުރި މީހުންގެ މަޢުލޫމާތު އާއްމުކޮށްފައެވެ. މައްސަލައިގައި ހިމެނެނީ މ.އެތުމާ/މާލެ އަލީ އަޝްރަފް(35އ)، ޕެރިސް/ގދ.ވާދޫ ލުހާން ސަޢީދު(41އ)، ސިލްވަރ ސްޓަރ/ވ.ރަކީދޫ ނާފިއު ރަޝީދު (39އ) އަދި ހ.ފިނިކުރި/މާލެ އިބްރާޙިމް ޝިނާން އަޙުމަދުއެވެ.

HajjCop_ads
Advertisement

ފުލުހުން ވިދާޅުވީ އެމީހުން ހައްޔަރުކުރީ ހެންވޭރުގަ ހުންނަ ގެއެއްގެ އެޕަރޓްމަންޓެއް ބަލާ ފާސްކޮށްކަމަށެވެ. އެ އެޕަރޓްމަންޓްއިން މަސްތުވާތަކެތިކަމަށް ތުޙުމަތު ކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފަވާކަމަށެވެ. އަދި ހައްޔަރުކުރި މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ، މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފަވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 3 ދުވަހަށް ބަންދުކުރުމުގެ އަމުރެއް ނެރެފަވާކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުޤީގުކުރަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި

ހުޅުމާލެ ޓްރެފިކް ފުލުހުން “ސައިލެންޓް ޑްރިލް” އެއް ބާއްވައިފި

އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ މީހާ ހައްޔަރުކޮށްފި

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި