ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިގުރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

އދ.ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަށައިފިއެވެ.

އދ.އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދިގުރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރަސްޓްރަކްޗާ ޑރ.އަބްދުﷲ މުއްތަލިބެވެ.

724 މީހުންގެ އާބާދީއެއް އޮންނަ ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. ރީތި ގޮނޑުދޮށެއް އޮންނަ ދިގުރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން އެ ރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމުގައި އެމްޓީސީސީން ބުނެފައިވެއެވެ.

އެ މަޝްރޫއުގެ ދަށުން 420 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓު ޖެހުމާއި، 127 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، 15 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެ ކަމުގައި އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 150 ދުވަހުން މަސައްކަަތް ނިންމާގޮތަށް 12.86 މިލިއަން ރުފިޔާއަށެވެ.

އެމްޓީސީސީން ގެންދަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ހެދުމާއި ބިން ހިއްކުމާއި، ތޮށިޖެހުން ފަދަ މުހިއްމު ގިނަ މަޝްރޫއުތަކެއް ހިންގަމުންނެވެ. އޭގެ އިތުރަށް ޕޮލިސް ސްޓޭޝަންތަކާއި، ސްކޫލު އިމާރާތްތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޯރަފުށީ ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކޮށް މަގުހެދުން އެމްޓީސީސީ އާއި ހަވާލުކޮށްފި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް