ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕްގެ ޕްލޭން ތަންފީޒުކޮށް ނިމުނަސް، ޣައްޒާއިން ސިފައިން އެއްކޮށް ނުފައިބާނެ: އިސްރާއީލު

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ކާރޒް: އަންގަނީ ޣައްޒާއިން ސިފައިން ނުބާލާނޭ ކަމަށް

އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ނުބާލާނޭ ކަމަށް، އިސްރާއީލުގެ ހަރުކަށި ޑިފެންސް މިނިސްޓަރ ކާރޒް ބުނެފިއެވެ.

ކާރޒްއާ ހަވާލާދީ އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، އެމެރިކާގެ ރައީސް ޓްރަމްޕް ހުށަހަޅަފައިވާ ޣައްޒާ ޕްލޭންގެ ފުރަތަމަ ފިޔަވަހި ވަރަށް ކައިރި މުސްތަގްބަލެއްގައި ތަންފީޒު ކުރެވިގެންދާނޭ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

ހަމަ އެއާއެކު، ޓްރަމްޕްގެ ޕްލޭން ތަންފީޒުކޮށް އެއްކޮށް ނިމޭއިރު، ހަމާސްގެ އަތުން ހަތިޔާރު އަތުލެވި، މުޅި ޣައްޒާއަކީވެސް ހަތިޔާރު ނެތް ތަނެއްގެގޮތުގައި ހެދިގެންދާނޭ ކަމަށެވެ.

އަދި އިސްރާއީލު ސިފައިން ޣައްޒާގެ ވަކި ސަރަހައްދުތަކެއްގައި ގާއިމްވެ ތިބޭނޭ ކަމަށާއި، ސިފައިން ގާއިމްވެ ތިބޭނީ ޔަހޫދީ އާބާދީތަކުގެ ހިމާޔަތުގައި ކަމަށްވެސް، އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ ވާހަކަތައް މިސްރުގައި ފެށުމަށް ތައްޔާރު ވަމުންދާއިރު، ވާހަކަތަކުގައި ބައިވެރިވާ އެމެރިކާގެ ރައީސްގެ މަންދޫނު ޖެރެޑް ކުޝްނަރއާއި، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް މިހާރުވަނީ މިސްރަށް ގޮސްފައެވެ.

ހަމާސްއާއި، އިސްރާއީލުގެ މަންދޫބުންނާ ދެމެދު ވާހަކަރައް ކުރިއަށްދާނީ ނުސީދާކޮެށެވެ. މިއަދާއި މާދަމާ ވާހަކަތައް ކުރިއަށް ދާނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފައިވަނީ، އޭނާގެ ޕްލޭންގެ ފުރަތަމަ ފިޔަވަހީގައި އިސްރާއީލު ސިފައިން ފަހަތަށް ޖެހެން ކަނޑައެޅިފައިވާ ހިސާބަށް ސިފައިން ފޭބުމުގެ ޕްލޭނަށް ހަމާސް އެއްބަސް ވެއްޖެނަމަ ޣައްޒާ ހަނގުރާމަ ވަގުތުން ހުއްޓުމަކަށް ގެންނާނޭ ކަމަށެވެ.

ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ، އިސްރާއީލުގެ ގައިދީން މިނިވަން ކުރުމާއި، ޕްލެންގައި ހިމެނޭ ބައެއް ކަންކަމަށް ހަމާސްވަނީި އެއްބަސް ވެފައެވެ.

މިއަދާއި މާދަމާގެ ވާހަކަތަކަކީ އެކަން ކުރާނެ ތާވަލެއް ކަނޑައެޅުމުގެ ވާހަކަތަކެވެ.

އެކަމަކު، މިހާރު ސުވާލު އުފެދިފައިވާ ކަންކަމަކީ، އިސްރާއީލު ސިފައިން ޣައްޒާއިން އެއްކޮށް ފައިބާނެތޯއާއި، އަދި ހަމާސްއިން ހަތިޔާރު ބެހެއްޓުމުގެ މައްސަލާގައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރ ބުނެފައި މިވަނީ، ސިފައިން އެއްކޮށް ނުފައިބާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި