ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަސައްކަތް ކުރައްވާނީ ފަތުރުވެރިކަން ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް: ޠާރިޤް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގައި ހޯދާފަވާ މަޤާމު ދަމަހައްޓައި، ދެމެހެއްޓެނިވި ސިނާޢަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކައް ދެއްވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙީމް ވިދާޅުވެއްޖެއެވެ. ވަޒީރު ވަނީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ތަހުނިޔާ އެންމެހާ ފަރާތްތަކަށް އަރިސްކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާޢަތަކީ، ރާއްޖޭގެ އިޤްތިޞާދު ކޮޅަށް ނަގާ، ދިވެހީންގެ ދިރިއުޅުމަށް ހެޔޮ އެތަށް ބަދަލުތަކެއް ގެނެސްދިން މަސައްކަތެކަމަށެވެ.
މިކަން މިގޮތުގައި ދެމެހެއްޓުމަށް އެންމެން ގުޅިގެން އެކުގައި މަސައްކަތްކުރުމާއި، ދިވެހީން މި ސިނާއަތުގައި ހޯދާފައިވާ ކުރިއެރުން ދެމެހެއްޓުމުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި ސިނާޢަތަކީ ދެމެހެއްޓެނިވި އަދި ކޮންމެ ފަތުވެރިއެއްގެ ބޭނުންތަކަށް ޚިދުމަތް ދެވޭ ފެންވަރުގެ ފަތުވެރިކަމެއްގެ ގޮތުގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރު ވަނީ މި ސިނާޢަތް ކުރިއެރުވުމުގައި ފަތުވެރިކަމުގެ ސިނާޢަތުގެ ބައިވެރިންނާއި ޕްރޮފެޝަނަލުންނާއި ރައްޔިތުން ކުރައްވަމުންދާ މަސައްކަތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ، އެ ފަރާތްތަކުގެ އަގު ވަޒަންކުރެއްވުމަށްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރަން ފެށީ 2021ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ނުވަ ކްރޫޒްލައިނާ އަކުން 15،000އާ ގާތްކުރާ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

minister Thoriq

ޗައިނާ، އިންޑިއާ އަދި ރަޝިއާ މާކެޓުން ފްލައިޓްތައް އިތުރުކުރަނީ

Tourists

މިއަހަރުގެ ފުރަތަމަ ދެމަސްދުވަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ބައި މިލިއަނުން މައްޗަށް

އަންނަ އަހަރުގެ އައިޓީބީ ބާލިންގެ “ހޯސްޓް ކަންޓްރީ” އަކަށް ރާއްޖެ ހަމަޖައްސައިފި