ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުރީސަރުކާރުން ކުންފުނިތަކަށް ނުދީ ހުރި ފައިސާ ފަސް ހަފްތާތެރޭ ދައްކާނެ: ރައީސް

raeees muiz
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
TTH_Ads
STO_Ads

ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތަކަށް ފައިސާދީ ނިންމާނެ ތާރީޚެއް އިޢުލާނު ކުރައްވާ ދިވެހި ވިޔަފާރި ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, ބޮޑު ތަސައްލީއެއް ހޯއްދަވައި ދެއްވައިފި އެވެ.

އެމަނިކުފާނު އެކަން ޢިއުލާނު ކުރެއްވީ މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ ނޮވެމްބަރު 17, 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައް ހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ދައްކާ ނިންމާނެ ތާރީޚެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

HajjCop_ads

އެގޮތުން ކުރިޔަށް އޮތް ފަސް ހަފްތާ ތެރޭ އެ ފައިސާ ދައްކާ ނިމޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

“.. ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް,” ރައީސްގެ ޕޯސްޓްގައި ވިދާޅުވި އެވެ.

ދިވެހި ވިޔަފާރިތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ނުދީ ހުރުމެވެ.

މިދިޔަ ސަރުކާރުގައި އެތައް ކުންފުންޏަކަށް އެ ޙާލަތު މެދުވެރިކުރުވި އެވެ. އަދި ކުންފުނިތައް ލައްވާ މަސައްކަތް ކުރުވުމަށް ފަހު ފައިސާ ނުދީ ހިފަހައްޓާފައި އޮތުމުގެ ސަބަބުން ވަރަށް ގިނަ ކުންފުނިތަކެއް ވަނީ ބަނގުރޫޓް ވުމާއި ހަމައިގަ އެވެ.

އެ ވިޔަފާރިތަކުގެ އަޑު އަހާ ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލުކޮށް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފަ އެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ކުންފުނިތަކަށް އިއުލާން ނުކޮށް ވަޒީފާއަށް ނުނެގޭނެ: ރައީސް

ތިލަމާލެ ބުރިޖު ލަސްވަމުންދާ ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް: ރައީސް

DSC

ކުންފުނިތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ: ރައީސް

raees press

ގާނޫނުއަސާސީ ބަދަލުކުރަން ރައްޔިތުން ނުރުހޭ: ރައީސް