ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފަޤީރުންގެ ދަފްތަރުގައި ތިބި ޙައްޖު އަދާނުކުރާ އެންމެން މި ދައުރުގައި ޙައްޖަށް ފޮނުވާނެ

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ފަރުޟު ޙައްޖު އަދާނުކުރާ އެންމެންނަށް މި ދައުރުގެ ތެރޭގައި ޙައްޖުގެ އަޅުކަމަށް ދިއުމުގެ ފުުރުސަތު ތަނަވަސްކޮށްދޭނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން މިރޭ ބުނެފި އެވެ.

ފަޤީރުން ޙައްޖުގެ އަޅުކަމަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅާއި އެއްގޮތަށް ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ މީހުން ޙައްޖުގެ އަޅުކަމަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުރިހަމަ ހަރުދަނާ ނިޒާމެއްގެ ދަށުން އެ މަސައްކަތް ފަށާ މިހާތަނަށް 100 ފަޤީރުން ވަނީ ޙައްޖުގެ އަޅުކަމަށް ފޮނުވާފަ އެވެ. އެއީ ކޮންމެ އަހަރަކު 50 މީހުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގައި, ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރުޟު ޙައްޖު އަދާނުކުރާ އެންމެން ޙައްޖަށް ފޮނުވައި ނިމޭނެ ކަމަށެވެ. ފަޤީރުންގެ ދަފްތަރުގައި ފަރުޟު ޙައްޖު އަދާނުކޮށް ތިބީ 376 މީހުން ކަމަށް އެ ވުޒާރާ އިން ބުންޏެވެ.

ޙައްޖުގެ އަޅުކަމަށްދާ ދިވެހީންނަށް ފުރިހަމަ އިންތިޒާމުތަކެއް ހަމަޖެއްސުމާއި ޙައްޖަށް ދިނުމަށް ކުރަން ޖެހޭ ޚަރަދު ކުޑަކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އަދި ޙައްޖުގެ އަޅުކަމަށް ފައިސާ ދެއްކުމަށް ފަހު އެ ފުުރުސަތު ނުލިބި ތަކުރާރުވަމުން ދިޔަ މައްސަލަ ޙައްލު ކުރުމުގެ ގޮތުން ސަރުކާރުން ވަނީ ދިވެހީން ޙައްޖަށް ގެންދިއުމުގެ ކަންކަން ހަމައެކަނި ޙައްޖު ކޯޕަރޭޝަނުން ކުރާ ގޮތަށްވެސް ހަމަޖައްސާފަ އެވެ.

އަދި ދޮށީ އުމުރުގެ މީހުންނަށް ޙައްޖުގެ އަޅުކަމަށް އަވަހަށް ދެވޭނެ ގޮތް ފަހި ކުުރުމަށާއި ބޮޑެތި ބަލިތައް ތަހަންމަލު ކުރަމުންދާ މީހުންނަށް ވެސް ފުރުސަތު ފަހިކޮށް ދިނުމަށް ސަރުކާރުން ވަނީ އިންތިޒާމުތަކެއް ހަަމަޖައްސާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

maldivian hajj

ނުފުރި ތިބި އުމްރާވެރިން ޗާޓަރު ފުލައިޓެއްގައި ފޮނުވަން މަސައްކަތްކުރަނީ