ކުއްލި ޚަބަރު

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އެކި ފިހާރަތަކަށް ސައްހަނޫން ސުލިޕް ފޮނުވައިގެން ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ބިޔަ 3 މަޝްރޫޢުގެ މަސައްކަތް އަވަހަށް ފެށޭނެ: ޗައިނާ ސަފީރު

china safeer

ޗައިނާގެ އެހީގައި ކުރިއަށްގެންދާ ބިޔަ 3 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވެއްޖެއެވެ. މިކަން އޭނާ ހާމަކުރެއްވީ ޗައިނާގެ 76 ވަނަ ޤައުމީ ދުވަހުގެ މުނާސަބާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މި 3 މަޝްރޫޢަކީ ވިލިމާލޭގައި އަޅާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލާއި، މާލެއާއި ވިލިމާލެ މަގު ރަނގަޅު ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން 50 ރަށެއްގައި ކައުންސިލް އިމާރާތް ކުރުމުގެ މަޝްރޫޢެވެ.

“ޗައިނާގެ ފުރިހަމަ އެހީއާއެކު ކުރިއަށްދާ މި ބިޔަ 3 މަޝްރޫޢުގެ މަސައްކަތް ވަރަށް ބޮޑަށް ވަނީ ކުރިއަށް ގެންދެވިފައި. އަދި ފަހަރަކު މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށޭނެ” ސަފީރު

ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގައި ތަރައްޤީ ކުރަން ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލް އެޅުމުން، ގްރޭޓަރ މާލެ ސަރަޙައްދުގެ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024ވަނަ އަހަރު ޖެނުއަރީ މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހުނު މަޝްރޫޢެކެވެ. މިހާރު މި މަޝްރޫޢުގެ ފީސިބިލިޓީ ނިންމައި މަސައްކަތް ފެށުމަށް ތައްޔާރީތައް ދަނީ ވަމުންނެވެ.

ސަފީރު ވިދާޅުވެފައިވާ ގޮތުގައި މި 3 މަޝްރޫޢުވެސް ނުހުއްޓި ބާރަށް ކުރިއަށްދާއިރު، މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފަށާނީ ވަކިވަކިންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ޗައިނާ އިން ރާއްޖެއަށް 85 މިލިއަން ޑޮލަރުގެ އެހީއެއް ދީފި

990

މިނިސްޓްރީތަކުގައި ރޯވެ ލިބުނު ގެއްލުމަށް ޗައިނާއިން 2.8 މިލިއަން ޑޮލަރުގެ އެހީ

Maldivian tourist arrival

ޗައިނާ ޓޫރިސްޓުންގެ އަދަދު 300،000 އަށް އަރައިފި

ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި

TTH_advertisement