ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ އެއް ބޯޓު، ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެއްޖެ

ގާފިލާގައި ހިމެނޭ “މިކެނޯ” ނަމަކަށްކިޔާ ބޯޓު މިހާރު ދަތުރުކޮށްފައިވާ ހިސާބު:

“ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ އެއް ބޯޓު، ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެއްޖެއެވެ.

ޣައްޒާ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ “މިކެނޯ” ނަމަކަށްކިޔާ ބޯޓެކެވެ.

އިސްތިއުމާރީ ސިފައިން ގާފިލާގެ ބޯޓުތަކަށް އަރައިގަންނަން ފެށިފަހުން “މިކެނޯ” ބޯޓާ މުއާސަލާތީ ހުރިހާ ގުޅުންތަކެއް ކެނޑުނު ކަމަށް، ގާފިލާ ދަތުރު އިންތިޒާމުކުރާ ފަރާތުން ބުނެފައި ވެއެވެ.

މިހާރު ބުނަމުންދަނީ، އެ ބޯޓު މިހާރު ދަތުރުކުރަމުންދަނީ ޣައްޒާގެ ކަނޑުގެ ސަރަހައްދުން ކަމަށާއި، ބޯޓު މިހާރު އޮތީ ޣައްޒާއާ 9.3 މޭލު ދުރުގައި ކަމަށެވެ.

އެ ބޯޓަށް އިސްރާއީލު ސިފައިން ހުރަސް އެޅިކަމެއް އަދި ސާފު ނުވާކަމަށް ބުނެއެވެ.

އިސްރާއީލު ސިފައިން އެތައް ބޯޓަކަށް އަރައިގަނެ، މީހުން ހައްޔަރުކުރި ނަމަވެސް، “ގްލޯބަލް ސުމުދް ފްލޮޓިލާ” ގެ 23 ބޯޓެއް އަދިވެސް ދަތުރު ކުރިއަށް އެބަ ގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެހެން ހުރިހާ ބޯޓެއް ހުއްޓުވައި އެންމެން އަނިޔާވެރި ގޮތެއްގައި ވަނީ ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

ބޯޓުތަކާ ގާތްވެ ތަޣައްޔަރުކޮށްފައިވާ ފެނުން ޕްރެޝަރުގައި ބޯޓުތަކަށް ފެންޖަހައި، ގަދަ އަލި ބޭނުންކުރުން ފަދަ އެތައް ކަމެއް ކުރުމަށްފަހު ބޯޓުތަކަށް އަރައި ފުރަތަމަ ކުރާ ކަމަކީ، ކެމެރާތައް ކަނޑާލުމެވެ.

އަދި އޭގެފަހުން، މޮބައިލް ފޯނުތައް ކަނޑައަށް އުކާލުމަށް އަމުރުކޮށް އޭގެފަހުން މީހުން ބިޑިއަޅުވައި ހައްޔަރު ކުރަނީއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ވަނިކޮށް، އިސްތިއުމާރީ ޕައިރެޓުން ދުނިޔޭގެ ގާނޫނުތަކާ ޚިލާފަށް ބޯޓުތަކަށް އަރައިގަނެ، ގައުމުތަކުގެ ރައްޔިތުން ހައްޔަރު ކުރަމުންދާ ދިއުން ދުނިޔޭގެ އެތައް ބަޔަކު ކުށްވެރި ކުރަމުން އެބަ ގެންދެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ހުއްޓުވަން މަސައްކަތް ފެށުމާއެކު، ގައުމުތަކުގެ އާންމުން މަގުތަކަށް ނުކުމެ ވަރުގަދަ މުޒާހަރާތަކެއް ރެއިން ފެށިގެން ފަށާފައި ވެއެވެ. ޔޫރަޕްގެ އެތައް ގައުމެއްގައިވެސް މުޒާހަރާތައް ފެށިފައި ވެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” ހުއްޓުވައިފިނަމަ “ބްލޮކް އެިވްރިތިންގ” މުޒާހަރާ ޖައްސާނެ ކަމަށް  ވައުދުވެފައިވާ އިޓަލީގެ މަސައްކަތްތެރިންގެ ޔޫނިއަނުން ރެއިންފެށިގެން މުޅި އިޓަލީ ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައި ވެއެވެ. އެތައްހާސް ބަޔަކު މަގުތަކަށް ނުކުމެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި