ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްތިއުމާރީ ސިފައިން “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓުތަކަށް އަރައިގަނެ މީހުން ކިޑްނެޕްކުރަން ފަށައިފި

އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓުން “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ ބޯޓުތަކަށް އަރައިގަނެ މީހުން ކިޑްނެޕްކުރަން ފަށައިފިއެވެ.

އިސްރާއީލު ސިފައިން އެންމެ ފުރަތަމަ އަރައިގަތީ “ގްލޯބަލް ސުމުދް ފްލޮޓިލާ” ގައި ހިމެނޭ އެންމެބޮޑު ބޯޓު “އަލްމާ” އަށެވެ. އެ ބޯޓަށް އަރައިގަނެ މީހުން ހައްޔަރުކުރާ މަންޒަރުތައް ލައިވްކޮށް ފެނިގެންދިޔައެވެ. ނަމަވެސް، ލައިވް ފީޑްވަނީ ކަނޑާލާފައެވެ.

އިސްތިއުމާރީ ވިއްސަށްވުރެ ގިނަ މަންވަރު ގާފިލާއާ ގާތަށް މިހާރު ގޮސްފައިވާ ކަމަށް ޚަބަރު ލިބެއެވެ. ބޯޓުތައް ގާތްވުމާއެކު، މުއާސަލާތީ ގުޅުންތަކަށް ބުރޫ އަރުވާލިއެވެ. އަދި ބައެއް ބޯޓުތަކުން ކަރަންޓުވެސް ކެނޑިފައި ވެއެވެ.

“ގްލޯބަލް ސުމުދް ފްލޮޓިލާ” އަދިވެސް އޮތީ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ކަމުން، ގާފިލާއިން ދަނީ ބައިނަލްއަގްވާމީ މުޖުތަމައަށް އެހީއަށް އެދި ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި