ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ވެމްކޯގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅައިފި

wamco

ވޭތުވެދިޔަ އަހަރުތަކުގައި ވެމްކޯގެ އެތެރޭގެ އޮޑިޓް ރިޕޯޓްތަކުން ފާހާގަވި ކޮރަޕްޝަނަށް މަގުފަހިވާ މައްސަލަތައް ތަހުޤީޤު ކުރުމަށް ކަމާބެހޭ އިދާރާތަކަށް ވެމްކޯއިން ފޮނުވައިފިއެވެ.

ވެމްކޯއިން މިމައްސަލަ 3 އިދާރާއަކަށް ވަނީ ހުށަހަޅާފައެވެ.

ވެމްކޯއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، ވޭތުވެ ދިޔަ އަހަރުތަކުގައި ވެމްކޯގެ އެތެރޭ އޮޑިޓް ރިޕޯޓުތަކުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިންގާފައިވާ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށްވެސް ކަންކަންކޮށްފައި ހުރިކަން އެތެރޭގެ އޮޑިޓް ރިޕޯޓުތަކުން ފާހަގަވެފައިވާ ކަމަށް އެކުންފުނިން ވިދާޅުވިއެވެ. ވެމްކޯއިން ވިދާޅުވީ މި ރިޕޯޓުތަކުގައި ބަޔާން ކުރެވިފައިވާ މައްސަލަތަކަކީ، މީގެ ކުރީގެ މެނޭޖްމެންޓުތަކުގެ މައްސަލަތައް ކަމަށެވެ.

މިމައްސަލަތައް ވެމްކޯއިން އިސްވެ، ފުލުހުންނަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އޮޑިޓަރ ޖެނަރަލް އޮފީހަށް ކަމަށް ވެމްކޯއިން ވިދާޅުވިއެވެ. އަދި ވެމްކޯއިން ހުށެހެޅި މައުލޫމާތުތަކުގެ އިތުރަށް އިދާރާތަކުން އެދުނު އިތުރު މަޢުލޫމާތުވެސް ފޯރުކޮށްދީ އެއްބާރުލުން ދީފައިވާނެކަން އެކުންފުނިން ފާހަގަކުރެއެވެ.

ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރުމަށް 2016ވަނަ އަހަރު އުފައްދާފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ވަނީ ރައްޔިތުންނާއި ގުޅުން ހުރި މިފަދަ މައްސަލަތައް ބަލައި ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާ އެ މައްސަލަތައް ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ދީފައެވެ. އަދި އެކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ ހާމަކަން ބޮޑު ގޮތެއްގައި މިފަދަ މަޢުލޫމާތު ރައްޔިތުންނަށް ދިނުމަށްކަމަށް ވެމްކޯއިން ވިދާޅުވިއެވެ. ވެމްކޯއިން ވަނީ އެކުންފުންޏާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތައް ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވެފައެވެ.

ވެމްކޯގެ ތެރެއިން ކޮރަޕްޝަނަށް މަގުފައިވާ ގޮތަށް ކަންކަން ކޮށްފައިވާކަން އެކުންފުނިން ހާމަކުރިއިރު، ސަރުކާރު ހިއްސާވާ އެހެން ބައެއް ކުންފުނިތަކުގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެގޮތުން މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނަކައިގެ ތެރެއިން ހިންގާފައިވާ ޚިޔާނާތުގެ ބޮޑެތި މައްސަލަތަކެއް އޮޑިޓް ރިޕޯޓުން ވަނީ ފެންމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

ވިޔަފާރިތަކަށް ވެމްކޯއިން ކުނި އުކާލުމުގައި ނަގާ ފީ ކުޑަކުރަނީ

990

އައްޑޫ ގަމުގައި މޫސުމާ ބެހޭ އިދާރާގެ އޮފީހެއް އިމާރާތްކުރަން ވެމްކޯއާ ހަވާލުކޮށްފި

ސިލޯނާއިއެކު ދިވެހީން: ވެމްކޯގެ ފަރާތުން އެއް ލައްކަ ރުފިޔާ ހަދިޔާކޮށްފި

TTH_advertisement