ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިވެހި ޙާފިޒުންގެ އަދަދު މިދައުރު 500 އަށް އަރާނެ: ޝަހީމް

ރާއްޖޭގެ ޙާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފި އެވެ.

ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވީ ދިވެހި ޙާފިޒުންގެ ޖުމުލަ އަދަދު މިވަގުތާ ހަމައަށް 284 އަރައިފި ކަމަށެވެ.

“…އިންޝާ ﷲ މި 5 އަހަރު ތެރޭ 500 އަށް އަރާނެ،”

އަދި ވިދާޅުވީ ޙާފިޒުންގެ އަދަދު އިތުރުކޮށް ޤުރުއާނަަށް ލޯބިކުރާނެ ޖީލެއް ބިނާކުރުމަށް ހިތްވަރު ދެއްވުމަށް ރައީސް ވަނީ ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހު އިތުރުކޮށް ދެއްވާފައި ކަމަށެވެ.

މިވަގުތުވެސް 1500 ވުރެ ގިނަ މީހުން / ދަރިވަރުން ދަނީ ޤުރުއާން ހިތުން ދަސްކުރަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ގިނައީ ކުޑަކުދީންނާއި ޒުވާނުންނެވެ.

ވަޒީރު އަދި ވިދާޅުވީ އަންނަ ރޯދަ މަހު 27 ވިލޭރޭގައި އޮންނަ ހަފްލާގައި ފަންސާހެއް ހާފިޒުން ދަސްވެނިވާނެ އެވެ. އެންމެ ފަހުން އޮތް ރަސްމިއްޔާތުގައި ދަސްވެނިވީ 24 ހާފިޒުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ