ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޔަމަނުގެ ހޫޘީން އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި

މިދިޔަ ބުދަދުވަހު ހޫޘީން ދިން މިސައިލް ހަމަލާތަކުގައި ތެލް އަވީވަށް ލިބިފައިވާ ގެއްލުންތައް:

ޔަމަނުގެ ހޫޘީން އިސްތިއުމާރީ އިސްރާއީލަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ.

ހޫޘީ އަސްކަރިއްޔާ، އަންސާރުﷲއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހަމަލާ ދީފައިވަނީ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލާއި، ދެ ޑްރޯން ބޭނުންކޮށްގެން ކަމަށެވެ.

“ޕަލެސްތައިން -2” ގެ ނަމުން ނަން ދީފައިވާ، އެތައް ވޯރހެޑް ހިމެނޭ ބެލިސްޓިކް މިސައިލް ހަމަލާ ދީފައިވަނީ ތެލް އަވީވް ސަރަހައްދަށް ކަމަށާއި، ޑްރޯން ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ ދެކުނުން އީލާތަށް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

މިއީ، އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކާއި، ޣައްޒާގެ ރައްޔިތުންނަށް މިހާރު ކުރިމަތި ކުރަމުންދާ ނުރައްކާތެރި ހާލަތާ ގުޅިގެން ދެވުނު ހަމަލާތަކެއް ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ހަމަ އެއާއެކު، ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ހުއްޓާލަންދެން ހޫޘީންގެ މައްޗަށް އޮތް ދީނީ، އަޚްލާގީ އަދި އިންސާނީ ވާޖިބުތައް އަދާކުރަމުން ގެންދާނެކަމުގެ ކަށަވަރު ޔަގީންކަންވެސް ދީފައި ވެއެވެ.

އިސްތިއުމާރީ އަސްކަރިއްޔާއިން އާންމު އުސޫލުން ބުނެފައިވަނީ، ހޫޘީން ފޮނުވާލި މިސައިލް ކާމިޔާބު ކަމާއެކު ވައްޓާލެވުނު ކަމަށެވެ. ނަމަވެސް، އީލާތަށް ދިން ޑްރޯން ހަމަލާތަކާ ގުޅޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޔަމަނުގެ ހޫޘީން މިފަހުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައް އޭގެ އަމާޒަށް ކާމިޔާބު ކަމާއެކު ވާސިލްވެ، އިސްރާއީލަށް ބޮޑެތި ގެއްލުންތައް ލިބެމުން ދެއެވެ. ތަންތަން ގޮވައި، އަނދަމުންދާ މަންޒަރުތައް ފެންނަ ވީޑިއޯތައްވެސް އާންމުވެފައި ވެއެވެ.

ހޫޘީން އިސްރާއީލަށް ދޭ ހަމަލާތަކުގައި ލިބޭ ގެއްލުންތައް އިސްރާއީލު އަސްކަރިއްޔާއިން ގެންދަނީ ސިއްރު ކުރަމުންނެވެ. އެ މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއް، ވީޑިއޯއެއް އާންމުކުރުންވެސް މީޑިއާއަށް އޮންނަނީ މަނާކޮށްފައެވެ.

ރޭގެ ހަމަލާތަކާއެކު، މުޅި އިސްރާއީލުގައި ނުރައްކަލުގެ އިންޒާރު ޖަހައި، މިލިއަނަކަށް ވުރެ ގިނަ މީހުންނަށް ބިންގަރާސްތަކަށް ވަދެ ފިލަންޖެހުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހުޅަނގު އޭޝިޔާގައި ހުރި އެމެރިކާ އަދި އިސްރާއީލާ ގުޅުންހުރި ދެ ޔުނިވަރސިޓީއަކަށް ރައްދު ހަމަލާދޭން އީރާނުން ނިންމައިފި

ނިއުކްލިއަރ ފެސިލިޓީތަކަށް ދިން ހަމަލާތަކުގެ ބަދަލު އީރާނުން ހިފާނެގޮތެއް ނޭނގޭތީ ސަރަހައްދު ނުތަނަވަސްވެފައި

އީރާނުން ހުއްޓާނުލާ އިސްރާއީލަށް ހަމަލާތައްދެނީ، އިސްރާއީލުގެ ދެމިލިއަން މީހުން ބިންގަރާސްތަކުގައި

ޓްރަމްޕް ހެދީ ދޮގު، އީރާނުގެ ހަކަތައިގެ ތަންތަނަށް އެމެރިކާއާއި އިސްރާއީލުން ބޮންއަޅައިފި