ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި އައު ފާމަސީ ލެބެއް ހުޅުވައިފި

ފާމަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައި އައު ފާމަސީ ލެބެއް ހުޅުވައިފިއެވެ.

މިކަމަށްޓަކައި ފެކަލްޓީ އޮފް ހެލްތް ސައިންސެސްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ލެބް ހުޅުވާފައިވަނީ އެމްއެންޔޫގެ ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި އެމްއެންޔޫގެ އިސްވެރިންނާއި، ލެކްޗަރައިން އަދި ފާމަސީ ކިޔަވާ ދަރިވަރުން ބައިވެރިވިއެވެ.

ފެކަލްޓީ އޮފް ހެލްތް ސައިންސެސްގައި އަލަށް ޤައިމްކުރި ލެބް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، މިފަދަ ލެބެއް ހުޅުވިގެން ދިއުމަކީ އެ ފެކަލްޓީގައި ކިޔަވާ ދަރިވަރުންނަށްވެސް ތަޖުރިބާ ހޯދުމަށް ފަހިވި އިތުރު ފުރުޞަތެއްކަމަށެވެ.

“އަޅުގަނޑަށް ޔަޤީންކުރެވޭ މިއަދު ހުޅުވިގެން މިދިޔަ ފާމަސީ ލެބަކީ، އެމްއެންޔޫގެ ފެކަލްޓީގެ ހެލްތް ސައިންސެސްގައި ފާމަސީ ކިޔަވާ ދަރިވަރުންނަށް ތަޢުލީމީގޮތުން އިތުރު ކުރިއެރުންތަކެއް ލިބުމާއެކު، އެމްއެންޔޫގެ ކޯސްތަކުގެ ތެރެއިން ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅުގަނޑުމެން އަމާޒުހިފާފައިވާ ގޯލަށް ވާސިލްވުމަށް ހުޅުވިގެންދިޔަ އިތުރު ފުރުސަތެއްކަމަށް.” ޑރ. ޝެހެނާޒް

އެމްއެންޔޫ ފެކަލްޓީ އޮފް ހެލްތް ސައިންސެސްގައި ހުޅުވި ފާމަސީ ލެބާއެކު، ހެލްތު ސައިންސްގެ ދާއިރާއިން ދިރާސާކުރުމާއި، ތަޢުލީމީގޮތުން އެކި ފުރުޞަތުތައް އެ ޔުނިވަރސިޓީގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި، ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންނަށް ފަހިވެގެންދާނެކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.

ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، އެކި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ އެކި ޔުނިވަރސިޓީތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށް ތަޢުލީމީ އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ދަރިވަރުންނަށާއި، މުވައްޒަފުންނަށް ތަފާތު ފުރުސަތުތައް ހޯދައިދިނުމަށް އެޔުނިވަރސިޓީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޤައުމީ ސަލާމަތާގުޅޭ ދިރާސާކުރުމަށް އެމްއެންޔޫއާއި ފުލުހުންނާ ދެމެދު އެއްބަސްވުމެއް

ދިވެހިބަހުން ޕީއެޗްޑީ ހާސިލްކުރެއްވި ފުރަތަމަ ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރާ

ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ހިންނަވަރުގައި ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފި

މެރިން ރިސަރޗްގެ ދާއިރާއިން ފުރުޞަތު ފަހިކޮށްދިނުމަށް ސޮނޭވާއާއެކު އެމްއެންޔޫއިން އެއްބަސްވުމެއް

TTH_advertisement