ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ފެނަކަ ސައީދަށް އެކަނި މިވަރުގެ ބޮޑު ވައްކަމެއް ނުކުރެވޭނެ: ވަޒީރު އާދަމް ޝަރީފް

112

ފެނަކަ ކޯޕަރޭޝަންގެ ވައްކަމާއި ޚިޔާނާތުގެ މައްސަލައަކީ އެންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި މިކަމުގައި ޝާމިލުވާ އެންމެންނާ މެދު އިންސާފުވެރި ތަހުގީގެއް ހިންގަންޖެހޭ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެ ކުންފުނި ހިންގެވި ދުވަސްވަރު ހިންގާފައި ހުރި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ކޮރަޕްޝަންގެ މައްސަލަތައް އޮޑިޓް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަން މައްސަލަ އޭރު އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ގެންނެވިން ކަމަށެވެ. ނަމަވެސް އެމްޑީޕީ ސަރުކާރުން، އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ވެސް އަދި މިނިވަން މުއައްސަސާއަކުން ވެސް އެ ކަންކަމަށް އަޅާނުލި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އަހްމަދު ސައީދު މުހައްމަދަށް އެކަނި މިވަރުގެ ބޮޑެތި ވައްކަންތައް ނުކުރެވޭނެ ކަމަށެވެ.

“ވަރަށްގިނަ މީހުންނަށް ބައި އެޅިކަން މިހާރު މިދަނީ ފަޅާ އަރަމުން،” މިނިސްޓަރު ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ޒިންމާއަކަށް ވާންޖެހޭނީ، ހަމައެކަނި އެންމެ މީހަކަށް ގާނޫނު ހިންގުމުގެ ބަދަލުގައި މުޅި މައްސަލައިގެ އެންމެ އަޑިއަށް ފީނައި، މިކަމުގައި ޝާމިލުވާ އެންމެނާމެދު އިންސާފުވެރި ތަހުގީގެއް ހިންގައި، ގެއްލިފައިވާ ފައިސާ ރައްޔިތުންނަށް ހޯދައިދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން މިހާ ދުވަހު އެ މައްސަލައަށް އަޅާ ނުލައި ތިބި މުއައްސަސާތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Image 20

ދަނޑުތަކަށް ފަސޭހަކަމާއެކު ކަރަންޓާއި ފެން ލިބޭނެގޮތް ހަމަޖައްސަން މަޝްވަރާކޮށްފި

ކޮޅުފުށީ ހައުސިން ޔުނިޓުތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުން ފެނަކައަށް

ފައިނު އެވޯޑު ވަޒީރު އާދަމް ޝަރީފު އުމަރަށް

Main 20251204 065907

ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓު ދީފި

TTH_advertisement