ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ޑިޕްލޮމެޓިކް ވިސާ ބާތިލްކުރަން އެމެރިކާއިން ނިންމައިފި

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯ:

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ ޑިޕްލޮމެޓިކް ވިސާ ބާތިލްކުރަން އެމެރިކާއިން ނިންމައިފިއެވެ.

އެމެރިކާގެ ޚާރިޖިއްޔާއިން މި ފިޔަވަޅު އެޅީ، މުޖުރިމު ނަތަންޔާހޫ އދގެ އާންމު މަޖިލީހުގައި ތަގްރީރު ކުރި ވަގުތާ ދިމާކޮށް އދ އިމާރާތުގެ ބޭރުގައި ބޭއްވި ބިޔަ މުޒާހަރާގައި ބައިވެރިވެވަޑައިގެން އަދި މުޒާހަރާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި  ވާހަކަފުޅު ދެއްކެވުމުންނެވެ.

ކޮލަމްބިއާގެ ރައީސްގެ ވާހަކަފުޅުގައި، ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމުރުތަކަށް ކިޔަމަން ނުވުމަށާއި، އިންސާނިއްޔަތަށް ކިޔަމަންވުމަށް އެމެރިކާ ސިފައިންނަށް ގޮވާލެއްވިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާއިން އެކްސްގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯގެ އެ އަމަލަކީ ވަރަށް ޒިންމާދާރުކަންކުޑަ އަދި ހަމަނުޖެހުން އުފެއްދުމުގެ އަމަލެއް ކަމަށެވެ.

އޭނާ މަސައްކަތް ކުރެއްވީ ނިއުޔޯކްގެ މަގުތައް މަތީގައި އެމެރިކާ ސިފައިންގެ މެދުގައި ހަމަނުޖެހުން އުފެއްދުމަށް ކަމަށްވެސް ތުހުމަތު ކޮށްފައި ވެއެވެ.

އދގެ މައި މަރުކަޒުގެ ބޭރަށް އެއްވެފައި ތިބި އެތައްހާސް އާންމުންނާ މުޚާތަބު ކުރައްވައި ކޮލަމްބިއާގެ  ރައީސް ގުސްތާވޯ ޕެޓްރޯ ވިދާޅުވީ، އިސްރާއީލު ހުއްޓުވެން އޮތީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

އެހެންކަމުން، ފަލަސްތީނު މިނިވަން ކުރުމަށް، ހަތިޔާރު އެޅި ބައިނަލްއަގްވާމީ ވަރުގަދަ ލަޝްކަރެއް އުފެއްދުމަށް ގޮވާލައްވާފައެވެ. އެ ލަޝްކަރު އިސްރާއީލަށް ވުރެ ބޮޑުވާންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އިސްރާއީލާ ދެކޮޅަށް ހަތިޔާރުގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށާއި، ދައްކާ ވާހަކަތައް އަމަލުން ދެއްކުމަށްވެސް، ކޮލަމްބިއާގެ ރައީސް، ދުނިޔެއަށް ގޮވާލެއްވިއެވެ.

ކޮލަމްބިއާގެ ރައީސް ގުސްތާވޯ ޕެޓްރޯއަކީ، ޣައްޒާ މައްސަލާގައި ވަރަށް ފާޅުކަންބޮޑު ގޮތެއްގައި ވާހަކަފުޅު ދައްކަވައި، އެކަން ކުށްވެރި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

އަދި އިސްރާއީލާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން ކުރެވޭ ހުރިހާ މަސައްކަތެއްގައި ކޮލަމްބިއާއިން ގެންދަނި އިސް ދައުރެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އީރާނުން ބުނަނީ ސަލާމަތީ މަޖިލީހުގެ ގަރާރު ވަރަށް ބޭއިންސާފު ކަމަށް، ގަރާރުގެ ފަހުންވެސް ހަމަލާތައް ހުއްޓާނުލާ

އީރާނުގެ ސްކޫލަކަށް އެމެރިކާ ސިފައިން ހަމަލާދިން ކަމެއް ނޭނގޭ ކަމަށް ޓްރަމްޕް އަނެއްކާވެސް ބުނެފި

އީރާނާއި ހިޒްބުﷲ ގުޅިގެން ތެލް އަވީވް ސުންނާފަތިކުރަނީ، މަގެއްމަތިން މީހަކުވެސް ނުފެނޭ، ރޭގައި ދިނީ ތަފާތު ހަމަލާތަކެއް

ގައުމުތަކުން އީރާނަށް ގުޅަންފަށައިފި، ޓްރަމްޕާއި ނަތަންޔާހޫ ގޮތްހުސްވެ އަމާންދޭން އުޅޭކަމުގެ އަޑުތަކެއް