ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސައީދުގެ ޒައާމަތުގައި އޮޅުވާލައިގެން ބާ ޖަނެރޭޓަރުތަކެއް ގަނެ 17.4 މިލިއަންގެ ބޮޑު ޚިޔާނާތެއް!

Mal

އަހްމަދު ސައީދު މުހައްމަދު ފެނަކަ ކޯޕަރޭޝަން ހިންގުމާ ހަވާލުވެ ހުންނެވިއިރު، ބާ ޖަނެރޭޓަރުތަކެއް އާ އެއްޗެއްގެ ގޮތުގައި 504 ޕަސެންޓް އަގުބޮޑުކޮށް ގަނެ ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވެއްޖެ އެވެ.

މިކަން ހާމަވީ އޮޑިޓް އޮފީހުން ނެރެފައިވާ ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓުންނެވެ.

އޮޑިޓް ރިޕޯޓްގައި ވާގޮތުން ކުރިން ބޭނުންކޮށްފައިވާ 10 ޖަނަރޭޓަރު ސެޓް، މުޅިން އާ ޖަނެރޭޓަރުގެ ގޮތުގައި ގަނެފައި ވަނީ އެކްސްކޯ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާއި އެމްބާ ހޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ.

އޮޑިޓް ރިޕޯޓްގައިވާގޮތުން އެ ކުންފުނިން ފެނަކައަށް ވިއްކާފައިވަނީ ކުރިން ބޭނުން ކޮށްފައިހުރި, “ރިފާބިޝް” ޖަނަރޭޓަރުތަކެއްކަން އެ ދެ ކުންފުނިން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގެއެވެ. ނަމަވެސް، އެ ޖަނަރޭޓަރުތަކާ ހަވާލުވުމަށް ފަހު، ފެނަކައިން ހެދި ރިޕޯޓްގައި އެ ކުންފުނިން ހަވާލުވީ އާ ޖަނަރޭޓަރުތަކަކާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެއީ، 400 ކިލޯ ވޯޓުގެ ނުވަ ޖަނަރޭޓަރާއި 600 ކިލޯ ވޯޓުގެ ޖަނެރޭޓަރެކެވެ. އެތަކެތީގެ ޖުމުލަ އަގު އިމްޕޯޓް ޑިއުޓީއާއެކު އަރަނީ 2.9 މިލިއަން ރުފިޔާއަށެވެ. ނަމަވެސް ފެނަކައިން އެ ޖަނަރޭޓަރުތައް ގަނެފައިވަނީ 17.4 މިލިއަން ރުފިޔާއަށް ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. އަދި އެއީ 504 ޕަސެންޓް ބޮޑު އަގެއް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

އެ ޖަނެރޭޓަރުތައް ގަތުމަށް ހަވާލުކޮށްފައި ވަނީ އިއުލާން ނުކޮށް ކަމަށް ވެސް އެ ރިޕޯޓްގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ކުޑަރިކިލުގައި ސޯލާ-ޑީސަލް ބެޓެރި ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކޮށް ނިމިއްޖެ

8q

އައްޑޫގައި ފެނަކައިގެ އިންޖީނިއަރިން ސްކޫލެއް އެޅުމަށް ނިންމައިފި

66

ކެންދޫގެ އާ އިންޖީނުގެ އާއި ފެނަކަ އޮފީސް ހުޅުވައިފި

98

ހަތަރު ރަށަކަށް ބޭނުންވާ ޖަނެރޭޓަރުތައް ގެނެސްފި