ކުއްލި ޚަބަރު

ބިދޭސީން ވިޔަފާރިކުރާ 5 ތަނެއް ބަންދުކޮށް، 3 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭ ސިޓީ ކައުންސިލުން 98 މިލިއަން ރުފިޔާ ނުދޭތީ ވެމްކޯއަށް މާލީ ބޮޑު ގެއްލުމެއް

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ނަތަންޔާހޫގެ ތަގްރީރު އަޑުއަހާނެ ބަޔަކު އދގައި ނުތިބޭނެތީ، އަޑުއަހަން މަޖުބޫރުކުރީ ޣައްޒާގެ ރައްޔިތުންނަށް

އިސްތިއުމާރީ އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫ:

އިސްތިއުމާރީ އިސްރާއީލުގެ ބޮޑު މުޖުރިމު ނަތަންޔާހޫ، އދގެ އާންމު މަޖިލީހުގެ ޖަލްސާގައި އޭނާގެ ތަގްރީރު އިއްވައިފިއެވެ.

ތަގްރީރު އަޑުއަހަން، އާންމު މަޖިލީހުގެ ޖަލްސާ ހިނގަމުންދާ ޗޭމްބަރުގައި ތިބީ އިސްރާއީލަށް ތާއީދުކުރާ މަދު ގައުމެއްގެ ވަފުދުތަކެވެ.

ނަތަންޔާހޫ ޕޯޑިއަމަށް އަރަން އަންނަ ފެށުމާއެކު، ގައުމުތައް ތަމްސީލުކުރާ ވަފުދުތައް ބައިބަޔަށް ނުކުންނަން ފެށިއެވެ.  ބައެއް ވަފުދުތައް ނުކުމެގެންދިޔައީ “ހޯއް” ގޮވަމުންނެވެ.

އެ މަންޒަރުތައް ބަލަން ނަތަންޔާހޫ ހުރީ ރުޅިވެރިކަމާއި، ނުތަވަސްކަމުގައެވެ. މީހާ ތުރުތުރުއަޅާ މަންޒަރުވެސް ފެނުނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގުގައި، މިއީ އދގެ އާންމު މަޖިލީހުގެ ތާރީޚްގައިވެސް، ޖަލްސާގައި މީހަކު ދޭ ތަގްރީރެއް އަޑުނާހަންވެގެން މިހާ ގިނަ ބަޔަކު ނުކުތް ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ވަފުދުތައް ނުކުތުމުން، ޗޭމްބަރު ފެނުނީ ގާތްގަނޑަކަށް ހުސްކޮށް އޮތްތަނެވެ.

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި، މުޖުރިމު ނަތަންޔާހޫގެ ތަގްގީރު، ބައިނަލްއަގްވާމީ މުޖުތަމައުން އަޑު ނާހާނެކަން އެނގޭތީ، އިސްރާއީލުންވަނީ، ނަތަންޔާހޫގެ ތަގްގީރު އަޑުއަހަން ޣައްޒާގެ ރައްޔިތުންނަށް މަޖުބޫރުކޮށްފައެވެ.

އެގޮތުން، އިސްތިއުމާރީ އަސްކަރިއްޔާއިން ޣައްޒާގެ އެކި ހިސާބުތަކަށް ލައުޑްސްޕީކަރު ހަރުކޮށްފައިވާ އަސްކަރީ ވެހިކަލްތައް ވައްދައި، ނަތަންޔާހޫގެ ތަގްގީރު އަޑުހަރުކޮށް އިއްވާފައި ވެއެވެ.

ނަތަންޔާހޫގެ ތަގްރީރު ވަގުތުން ޣައްޒާގެ އެކި ހިސާބުތަކުގައި އިއްވަމުން ގެންދިޔައިރު، ޓެރަރިސްޓު އަސްކަރީ ޔުނިޓް 8200 އިން ގެންދަނީ، ނަތަންޔާހޫގެ ތަގްރީރު ޣައްޒާ ރައްޔިތުންގެ މޮބައިލް ފޯނުތަކަށްވެސް ފޮނުވަމުންނެވެ.

ނަތަންޔާހޫގެ ތަގްރީރު މުޅި ޣައްޒާއަށް ވަގުތުން އިއްވީ ތިން ބޭނުމެއްގައި ކަމަށް ވެއެވެ. އެއް ބޭނުމަކީ ޣައްޒާގައި ތިބި އިސްރާއީލުގެ ގައިދީންނަށް އޭނާގެ ތަގްރީރު އަޑުއިއްވުމެވެ. ދެވަނަ ބޭނުމަކީ ހަމާސްއަށް އަޑުއިއްވުމެވެ. ތިންވަނަ ބޭނުމަކީ ޣައްޒާގެ އާންމުންނަށް ބިރުކެއްކުމެވެ.

ނަތަންޔާހޫގެ ތަގްރީރުގައި މައިގަނޑުގޮތެއްގައި ދެއްކީ މީހުން މަރާ ވާހަކައެވެ. ޔަމަނާއި، ލުބުނާނާއި، ސޫރިޔާއާއި، އިރާގާއި، އީރާނަށް އިސްރާއީލުން ހަމަލާދީ މެރި މީހުންގެ ވާހަކައެވެ.

ޣައްޒާގެ ރައްޔިތުންނަށް އިންޒާރު ދެމުން ނަތަންޔާހޫ ބުނެފައިވަނީ، ޣައްޒާ ހަނގުރާމަ ނިމުމަކާ އަދި ގާތްވެސް ނުވާ ކަމަށެވެ. މާނައަކީ، މިހާރުވެސް ހިންގަމުންގެންދާ ނަސްލުނައްތާލުމުގެ ޖަރީމާ ކުރިއަށް ގެންގޮސް، މުޅި ޣައްޒާގައި ތިބި އެންމެން މަރައި ހުސްކުރުން ކުރިއަށް އޮތް ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާގެ ޖާސޫސީ ބޯޓުތައް އިރާންމަތިން އުދުހެން ފަށައިފި، އީރާނު އަސްކަރިއްޔާ ތައްޔާރީ ހާލަތަށް

ސަރުކާރަށް ތާއީދުކޮށް އީރާނުގެ އެތައް މިލިއަން މީހުން މަގުތަކަށް ނުކުތުމުން ހުޅަނގުގެ މީޑިއާ ބްލެކްއައުޓް، ވެރިން ހައްޕު!

އީރާނަށް އަސްކަރީ ހަމަލާދިނުމާ ގުޅޭ މަޝްވަރާތައް އަންގާރަ ދުވަހު ބާއްވަނީ

މުޅި ދުނިޔެއަށް ގޮންޖަހަމުން އިސްރާއީލުގެ ޚާރިޖީ ވަޒީރު ސޯމާލިލޭންޑަށް ހިނގައްޖެ

TTH_advertisement