ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތ. ގުރައިދޫގެ 100 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ތ. ގުރައިދޫގެ 100 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގުރައިދޫގައި އަންނަ އަހަރު ހައުސިން މަޝްރޫއެއް ހިންގާނެ ކަމަށާއި އެއީ ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގައި ގެ އަޅަން ހާއްސަކުރާ މަޝްރޫއެއް ކަމަށެވެ.

“އެހެންނަމަވެސް އެއީ ކައުންސިލުން ނިންމަވާނީ ވަކި ތަނެއްގައިތޯ އަޅާނީ، ނޫނިއްޔާ ދެންމެ މި ދެންނެވިހެން އަމިއްލަ ކޮންމެ މީހެއްގެ ގޯތީގައިތޯ އަޅާނީ. މިގޮތުން މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން 100 ހައުސިން ޔުނިޓު މި ރަށަށް އަޅުގަނޑުމެން ހަމަޖައްސައިދޭނަން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހައުސިން މަޝްރޫއުގެ ދަށުން ޔުނިޓުތައް ހަދާނީ އަމިއްލަ ގޯތިތަކުގައިތޯ ނުވަތަ އެހެން ތަނެއްގައިތޯ ނިންމައި ކައުންސިލުން އެކަން ހައުސިން މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށާއި ދެ ގޮތަށް ވެސް އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

“100 ހައުސިން ޔުނިޓުތަކުގެ ތެރެއިން އެއްބައި ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައި އޮންނަ ޕަބްލިކް ހައުސިން އޭރިއާގައި ވެސް އެޅިދާނެ، އަނެއްބައި ވަކިވަކި ގޭގޭގައި ވެސް އެޅިދާނެ، ނޫނިއްޔާ މުޅިން އެއްކޮށް ވެސް ގޭގޭގައި އެޅިދާނެ. ރައްޔިތުންގެ ހިޔާލު ހޯދައިގެން ގޮތެއް ނިންމާނީ ކައުންސިލުން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ތ. ގާދިއްފުށި ބިން ހިއްކުމުގެ މަޝްރޫއުގައި މާދަމާ ސޮއިކުރެވިގެންދާ އިރު، އެ މަޝްރޫއާއެކު ގުރައިދޫގައި ވެސް ހަތް ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރުގައި މިއަދު މާފަންނު ހުޅަނގަށް ރައީސް ވަޑައިގެންފި

dhigu rashu

ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރަން ރައީސް އަންގަވައިފި

ދިގުރަށުގެ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި

ރައީސްގެ ދެކަނބަލުން އީދުސަލާން ކުރެއްވުން މިފަހަރުވެސް މުލިއާގޭގައި އޮންނާނެ