ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތ. ގުރައިދޫ އެއާޕޯޓުގެ މަޝްރޫއު އެމްއޭސީއެލްއަށް ހަވާލުކޮށްފި

ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގުރައިދޫގެ އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކައި މިހާރު ނިމިފައިވާ ކަމަށާއި އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތް މާދަމާއިން ފެށިގެން 22 މަސް ދުވަހުގެ ތެރޭގައި ނިމިގެންދާނެ ކަމަށެވެ.

“މާނައަކީ 2027 ވަނަ އަހަރުގެ ޖުލައި މަހުގެ 26، މިނިވަން ދުވަހު އިރާދަކުރެއްވިއްޔާ މި ރަށުގައި އެއާޕޯޓު ހުޅުވާނަން. މި އެއާޕޯޓަކީ ހަމަ ޔަގީނުން ވެސް މި ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ވަސީލަތެއް. ވަރަށް މުހިންމު އިގުތިސާދީ، އުމްރާނީ ވަސީލަތެއް. އޭގެ ސަބަބުން މި ރަށާއި މި ދާއިރާއަށް، މި ސަރަހައްދަށް ކުރިއެރުން ހޯދުމުގެ ވަރަށް މުހިންމު ދޮރާއްޓެއް. އިރާދަކުރެއްވިއްޔާ މިއީ ތަރައްގީގެ ވަރަށް މުހިންމު ފެށުމެއް،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ގުރައިދޫގައި އިތުރު މަޝްރޫއުތަކެއް ކުރިއަށްގެންދަވާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އަންނަ އަހަރު ފަށާ ބަނދަރުގެ މަޝްރޫއާއި ބިން ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. އަދި ހޮސްޕިޓަލުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ އިރު، ޑީކޮމްޕްރެޝަން ޗެމްބަރު މާދަމާ ހުޅިވިގެންދާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

velana airport

ފުރަން ދިއުމުގެ ކުރިން ފްލައިޓް މައުލޫމާތު ސާފުކުރުމަށް އެމްއޭސީއެލުން އެދިއްޖެ

macl velana airport

މިރެއިން ފެށިގެން އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް

FB IMG

އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް “ވެލާނާ އެވޯޑްސް” ދީފި

އެއާޕޯޓަށް ލިބޭ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް: ޝަރީފް