ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނޭކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރުން ވައިޓް އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ.އަތޮޅަށެވެ. މެޓް އޮފީހުން ބުނެފައިވަނީ ވައިތް އެލާޓް ނެރެފައިވާ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއި ގުގުރާނޭކަމަށް ލަފާކުރެވޭކަމަށެވެ. މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނޭކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނުން ފެށިގެން މެންދުރުފަހު 3 ޖެހުމާ ހަމަޔަށެވެ.

ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ 13 ވަނަ ނަކަތް ކަމަށްވާ “އަތަ” ނަކަތެވެ. ނަކަތްތަކާ ގުޅޭގޮތުން ލިޔުންތަކުގައި ބުނެފައިވަނީ މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފު ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނޭކަމަށެވެ.

މި ނަކަތުގައި ހުޅަނގުން ވައިޖެހޭއިރު، ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން މި ނަކަތުގައި ފެންނަން ފަށާނޭކަމަށްވެސް ނަކަތްތެރިން ބުނެއުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

male city

ރާއްޖޭގެ ވައި މިހާރު އަންނަނީ ސާފުވަމުން: މެޓް އޮފީސް

resort

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އަންނަމަހުވެސް މަތިވާނެ: މެޓް

ރާއްޖެއާ ކައިރިން އިންޑޮނީޝިއާއަށް 6.1 މެގްނިޓިއުޑްގެ ބިންހެލުމެއް، ރާއްޖެއަށް ސީދާ އަސަރެއް ނުކުރާނެ

male city

ހޫނުމިން އެންމެ މައްޗަށް ގޮސަފައިވަނީ އޭޕްރީލް، 48 ޑިގްރީ ސެލްސިއެސް