ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހއ. އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އިމާރާތް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

112

ހއ. ދިއްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ފަސް ބުރީގެ އާ އިމާރާތް އަޅަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ 50 އެނދުނު އާ ހޮސްޕިޓަލް އިމާރާތާއި ސާވިސް ބިލްޑިން އެޅުމަށް އެމްޓީސީސީއާ އެކު ސޮއިކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް އަބްދުލް ރަހްމާން ޔޫސުފެވެ. މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ.

780 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަޝްރޫއު ހަވާލުކުރީ 185.6 މިލިއަން ރުފިޔާ އަށެވެ.

އަލަށް އަޅާ ހޮސްޕިޓަލްގެ ކުރެހުމެއް

އަލަށް އިމާރާތްކުރާ ފަސް ބުރީގެ އެ އިމާރާތުގައި އައިސޮލޭޝަން ފެސިލިޓީ އާއި ރޭޑިއޮލޮޖީ ޑިޕާޓްމަންޓެއް ހިމެނޭނެ އެވެ. އޭގެ ތެރޭގައި އެކްސްރޭ އާއި ސީޓީ އާއި އެމްއާރުއައި އަދި މެމޮގްރަފީ އާއި އަލްޓްރާސައުންޑް ސްކޭން ހެދޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަލަށް އަޅާ ހޮސްޕިޓަލްގެ ކުރެހުމެއް

އެ މަޝްރޫއުގެ ތެރޭގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރާއި އިންޑަސްޓްރިއަލް ލޯންޑްރީއަކާއި އޮކްސިޖަން ޕްލާންޓެއް ވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Q

ދިއްގަރުގައި އަޅަން ނިންމި 75 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި

ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުއިކަމާއެކު ކުރިއަށް

އިސްދޫ ކަލައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

eid

އީދު ހަވީރު: ތިން ދުވަހަށް އީދު ފާހަގަކުރުމުގެ ހަރަކާތްތައް މާލޭ ސަރަހައްދުގައި ކުރިއަށްދާނެ